Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކާރެއް ހުއްޓުވައި އޭގައި އިން 14 އަހަރުގެ ކުއްޖެއްގެ ބޯ ފަޅައިލައިފި

ކާރެއް ހުއްޓުވައި އޭގައި އިން 14 އަހަރުގެ ކުއްޖެއްގެ ބޯ ފަޅައިލައިފި

މާލޭ މަގުމަތިން ދަތުރު ކުރަމުން ދިޔަ ކާރެއް ހުއްޓުވައި އޭގައި އިން އުމުރުން 14 އަހަރުގެ ކުއްޖެއްގެ ބޯ ފަޅައިލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަޖީދީމަގު މާވެޔޮ މަގު ގުޅޭ ހިސާބުން ދުއްވައިފައި ދިޔަ ކާރެއް ހުއްޓުވައި އެ ކާރުގައި އިން 14 އަހަރުގެ ކުއްޖެއްގެ ގައިގައި ތަޅައި، މާރާމާރީ ހިންގައިފައިވާ ކަމަށް މިއަދު އިރުއޮއްސި 6:38 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި އަނިޔާވި ކުއްޖާގެ ބޯ ފަޅައިގެން ގޮސްފައިވާތީ އެ ކުއްޖާއަށް އޭޑީކޭ ހޮސްޕިޓަލުގައިފަރުވާ ދެމުން ގެންދާ ކަމަށާއި މި މާރާމާރީއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.

Advertisement
Allied Insurance — Square (box)

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް