Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހަނިމާދޫ އެއާޕޯޓަށް ދޫކުރި ބިމުގެ މައްސަލައަށް ރައީސް ހައްލު ހޯދައިދެއްވައިފި

ހަނިމާދޫ އެއާޕޯޓަށް ދޫކުރި ބިމުގެ މައްސަލައަށް ރައީސް ހައްލު ހޯދައިދެއްވައިފި

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް އެ ރަށުން ބޮޑު ބިމެއް އެކަމަށް ހާއްސަ ކުރާތީ އުފެދުނު ހިޔާލުތަފާތުވުންތަކަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހައްލު ހޯދައިދެއްވައިފިއެވެ.

ހދ. ގެ ތިން ރަށަކަށް ރައީސް ޞާލިޙް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ ހަނިމާދޫ އަށް ވަޑައިގެން އެ ރަށު ކައުންސިލާއި ރައްޔިތުންނާ ބައްދަލު ކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މަޝްވަރާ ކުރައްވައިފައެވެ. އެގޮތުން ހަނިމާދޫ ބިމުގެ މައްސަލަ ހައްލުކުރަން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުކުރެއްވުމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢުއަށް ބޭނުންވާ ބިން ކަނޑައެޅުމުގައި ހުރި ކަންބޮޑުވުންތަކާ މެދު މަޝްވަރާކޮށް ހައްލެއް ހޯދިފައިވާ ކަމަަށެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/MvSpokesperson/status/1416689544510853125?s=20

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް ސަރުކާރުން ކަނޑައަޅައިފައި ވަނީ 853،937 އަކަފޫޓްގެ ބިމެކެވެ. އެންމެ މުހިންމު ކަމަކަށް ބިން ބޭނުން ވަނީ ރަންވޭ ބޮޑު ކުރަން ކަމަށް ސަރުކާރުން ބުނެއެވެ. ފުރަތަމަ ފިޔަވަހީގައި ރަންވޭ ބޮޑު ކުރަން ނިންމައިފައި ވަނީ 2460 މީޓަރަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް