ރާއްޖެއިން މިއަދު ފައްސިވީ 63 މީހުން

ރާއްޖެއިން މިއަދު އިތުރު 63 މީހުން ކޮވިޑް-19އަށް ފައްސި ވެެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 13 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 28 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސި ވެފައިވަނީ 22 މީހުންނެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 75،879 މީހުންނެވެ.
ބަލިން ފަސޭހަވެފައި ވަނީ 73،226 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 12 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 216 މީހުން ނިޔާވެފައި ވެއެވެ.