ރަސޫލާ(ޞޢޥ)އަށް ފުރައްސާރަކޮށް، ކާޓޫނު ކުރެހި މީހާ ދިގު މުއްދަތަކަށް ބަލިވެ އުޅުމަށް ފަހު މަރުވެއްޖެ

ކީރިތި ރަސޫލާ މުޙައްމަދު (ޞޢޥ)އަށް ފުރައްސާރަކޮށް ކާޓޫނު ކުރެހި މީހާ، ދިގު މުއްދަތަަކަށް ބަލިވެ އުޅުމަށްފަހު މަރުވެއްޖެއެވެ.
ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ޑެނިޝްގެ އެ މީހާ މަރުވި އިރު އޭނާގެ އުމުރަކީ 86 އަހަރެވެ.
ކާޓް ވެސްޓާގާޑް ނަމަކަށް ކިޔާ މި މީހާ މީގެ ކުރިން ވަނީ ރަސޫލާ (ޞޢޥ) އަށް ފުރައްސާރަ ކޮށްފައެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި ކާޓް މަރުވި އިރު ބައްޔަކަށް ބޭސް ކުރަމުން ދާތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ.
ރަސޫލާ (ޞޢޥ)އަށް ފުރައްސާރަކޮށް އޭނާ ކާޓޫނު ކުރެވީ 2005 ވަނަ އަހަރުގައެވެ. އެކަމުގެ ސަބަބުން އޭނާއަށް ދުނިޔޭގެ އެތަން މިތަނުން މުސްލިމުން ދިޔައީ ފާޑު ކިޔަމުންނެވެ.
އެހެން ކަމުން އިއްޔެ އޭނާގެ މަރުގެ ޚަބަރު އިވުމުން ވެސް، ގިނަ ބަޔަކު އެކަމާ އުފާ ފާޅު ކުރަމުންދާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.
އަލްހަމްދުލިﷲ
ﷲއަކްބަރު! އަލްޙަމްދު ލިއްލާހި.
އަލްޙަމްދު ލިﷲ.
الحمد لله
ލާދީނީ ރިޕޯރޓް ނެރުނު އެމް.ޑީ.އެން. ގެ މީހުންަށް މިކަން ޢިބުރަތަކަށް ވާނެ ކަމަށް އުއްމީދު ކުރަން. ﷲ ކުޅަދުން ވަންތަކަން ނިކަން ދެކިބަލަ، މީނާއަށް ޖެހުނު ބައްޔެއް އެނގޭ އެއްވެސް ޑޮކްޓަރ އެއް އަދި މީހެއްވެސް މި ދުނިޔޭގަ ނެތް.
ﷲ އަށް ޙަމްދުކުރަން ! މިރާއްޖޭގަ ފައުޅުވެގެންއުޅޭ ލާދީނީ ގުރޫޕަށް އެއްޗެއްވިސްނޭނެބާ؟