ކުޅިވަރު ފުޓްބޯޅަ

ރޮނާލްޑޯގެ އިންސްޓަގްރާމް ރެކޯޑެއް މެސީ މުގުރައިލައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އެތުލީޓަކު ހިއްސާކުރި ، އެންމެ ގިނަ ލައިކް ލިބުނު އިސްޓަގްރާމް ޕޯސްޓަކަށް އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީގެ ޕޯސްޓެއް ހޮވިއްޖެއެވެ.

Ads by Sosun Fihaara

ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް ކާމިޔާބުކުރުމަށް ފަހު ތަށްޓާ އެކު ޕޯސްޓް ކުރި މި ފޮޓޯއަށް މިހާތަނަށް 21 މިލިޔަން ލައިކްސް ވަނީ ލިބިފައެވެ.މީގެ ކުރީން އެންމެ ގިނަ މީހުން ލައިކް ކުރި އެތުލީޓެއްގެ ޕޯސްޓަކީ ޑިއެގޯ މަރަޑޯނާ މަރުވުމާ ގުޅިގެން މަރަޑޯނާގެ ހަނދާނުގައި ޕޯޗްގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އިންސްޓަގްރާމް ކުރި ފޮޓޯއެކެވެ. އެ ފޮޓޯއަށް ޖުމްލަ 19.8 މިލިއަން ލައިކް ލިބިފައިވެއެވެ. އެހެން ނަމަވެސް މެސީއަށްވުރެ ރޮނާލްޑޯއަށް އިންސްޓަގްރާމްގައި ފޮލޯ ކުރާ މީހުންގެ އަދަދު ގިނައެވެ. މިގޮތުން މެސީގެ އިންސްޓަގްރާމްގައި 233 މިލިޔަން މީހުން މެސީ ފޮލޯ ކުރާއިރު ރޮނާލްޑޯގެ ފޮލޯވަރުންގެ އަދަދު އުޅެނީ 315 މިލިޔަންގައެވެ.

މިއަހަރުގެ ކޮޕާ އެމެރިކާއަކީ މެސީއަށް ގިނަ ކާމިޔާބީތަކެއް ހޯދުނު މުބާރާތެކެވެ. މިގޮތުން މިއީ ސީނިއަރ ޤައުމީ ފުޓުބޯޅަ ޓީމާއެކު ބައިނަލްއަގްވާމީ މައިދާނުގައި މެސީއަށް ލިބުނު ފުރަތަމަ ތަށްޓެވެ. އެ މުބާރާތުގައި މެސީ ވަނީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ވެސް ހޯދައިފައެވެ. މީގެ އިތުރުން އެ މުބާރާތުގައި ގޯލް ޖެހުމަށް އެންމެ ގިނައިން އެސިސްޓްކޮށްދީފައި ވަނީ ވެސް މެސީއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!