Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މިސްކިތަށް އަރައި ހަމަނުޖެހުން އުފެއްދީ ސިކުނޑި ހަމަނުޖެހޭ މީހެއް: ކައުންސިލް

މިސްކިތަށް އަރައި ހަމަނުޖެހުން އުފެއްދީ ސިކުނޑި ހަމަނުޖެހޭ މީހެއް: ކައުންސިލް

ގދ.ތިނަދޫގައި އީދު ނަމާދުގެ ޚުތުބާ ކިޔަމުން ދަނިކޮށް މޫނު ބުރުގާ އަޅައިގެން ހުރި އަންހެނަކު، މިސްކިތަށް އަރައި ހަމަނުޖެހުން ހިނގި ވީޑިއޯއެއް މީސްމީޑިޔާގައި ދައުރުވާން ފަށައިފިއެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި މޫނު ބުރުގާ އަޅައިގެން ހުރި އަންހެނަކު ކުޑަ އަންހެން ކުއްޖެއް ގޮވައިގެން ތިނަދޫ މަސްޖިދުލްމަރިޔަމްއަށް ވަދެ އަޑުގަދަކޮށް ދެ އަތް މައްޗަށް ނަގައި ޚުތުބާ ކިޔަން ހުރި މީހާއާ ހަމަޔަށް ދާ މަންޒަރު ފެނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން މީހާއާ އެކީ ހުރި ކުއްޖާއަކަށް ކޮވިޑަށް ފައްސިވެފައި ހުރި ކުއްޖެކެވެ.

“ދެން”އަށް މަޢުލޫމާތު ދެމުން ތިނަދޫ ކައުންސިލުން ވިދާޅުވީ އެ ވީޑިއޯ އިން ފެންނަ އަންހެން މީހާއަކީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށާއި އެމީހާ ވެސް ކޮވިޑަށް ފައްސި ކަމަށް މަޢުލޫމާތު ލިބޭ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ކޮވިޑަށް ފައްސި ހާލަތުގައި ހުރި މީހަކު މިސްކިތަށް ވަނުމާ ގުޅިގެން އެ ވަގުތު މިސްކިތުގައި ތިބި އެންމެންގެ ސުންކު ނެގުމަށް މިހާރު ނިންމައިފައިވާ ކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ. އެ ރަށުގައި ރެންޑަމް ސުންކު ނެގުން މިއަދު މެންދުރު 2:00އިން ފެށިގެން 3:30އަށް، ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ގޯތިތެރޭގައި ކުރިޔަށް ދާނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް