Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މޫސުމަށް ސަމާލުވޭ، ބޮޑު ބަޔަކަށް އަނެއްކާ ވެސް ހުދު އިންޒާރު!

މޫސުމަށް ސަމާލުވޭ، ބޮޑު ބަޔަކަށް އަނެއްކާ ވެސް ހުދު އިންޒާރު!

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު މިރޭ ނެރެފައިވަނީ ހއ. އަތޮޅުން ގދ. އަތޮޅަށާ ހަމައަށެވެ.

މެޓް އޮފީހުން ބުނެފައި ވަނީ އެ ސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 19 މޭލާއި 24 މޭލޭ ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފައިވެއެވެ.

Advertisement
Allied — Dhen Online (box)

ހުދު ސަމާލު ނެރެފައި ވަނީ މިރޭ 9:00އިން ފެށިގެން ދަންވަރު 3:00އާ ހަމައަށެވެ.

މިއީ މޫސުން ގޯސްވުމުގެ ސަބަބުން މި ސަރަަޙައްދަށް ހުދު ސަމާލު މިއަދު އިއުލާނު ކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން މި ސަރަޙައްދަށް ހުދު ސަމާލު ނެރެފައި ވަނީ ހަވީރު 5:30 އިން މިރޭ 9:00އާ ހަމައަށެވެ.

މިދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވުމާ ގުޅިގެން ކަނޑުދަތުރު ކުރުމުގައާއި ބޭރުގައި އުޅޭއިރު މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ ނަސޭހަތްތެރިވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް