މުނިފޫހިފިލުވުން

މިއާ ޚަލީފާ ބޭނުންވަނީ ވަރި "ނޯމަލައިޒް" ކުރަން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވަރިއަކީ "ނޯމަލް" ނުވަތަ އާދައިގެ ކަމެއް ކަމުގައި ހަދަން ބޭނުންވާ ކަމަށް ކުރިން ބަރަހަނާ ފިލްމު ކުޅުނު މިއާ ޚަލީފާ ބުނެފިއެވެ.

Ads by STELCO

މީގެ ދުވަސްކޮޅެއް ކުރިން މިއާ ވަނީ އޭނާ ދޮޅު އަހަރު ވަންދެން ކައިވެނި ކޮށްގެން އުޅުނު ރޮބާޓް ސޭންޑްބާގް ކައިރިން ވަރިވެފައެވެ. އެ ކައިވެނީގެ ވާހަކަ މީސް މީޑިއާ މެދުވެރިކޮށް އާންމުންނާ ހިއްސާ ކުރަމުން މިއާ ބުނީ، ކައިވެނި ރޫޅުނަ ނުދޭން އޭނާއާއި ރޮބާޓް ވެސް ވަރަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ދެ މީހުންގެ ހުރި ޚިޔާލު ތަފާތުވުން ގިނަ ކަމުން ކައިވެނި ސަލާމަތް ނުކުރެވުނީ ކަމަށެވެ.

މިއާ ލިޔުނު ޕޯސްޓުގައި ބުނީ އޭނާއާއި ރޮބާޓް އެ ކައިވެނި ސަލާމަތް ކުރަން ތެރަޕީ ވެސް ނެގި ކަމަށާއި އެހެނިހެން އެތައް ކަމެއް ވެސް ކުރި ކަމަށެވެ. ނަމަވެސް އޭގެ އެއްވެސް ކަމަކުން ވެސް އެ ކައިވެނި ސަލާމަތް ވާން ނެތުމުން، އެކަކު އަނެކަކަކީ ދެ ރަޙްމަތްތެރިން ކަމަށް ދެކިގެން ދުރުވާން ނިންމީ ކަމަށް ވެސް އެ ޕޯސްޓުގައި މިއާ ބުނެފައިވެއެވެ.

މީގެ އިތުރުން މިއާ ބުނީ މިފަދަ ސަބަބުތަކާ ހެދި ވަރިއަކީ "ނޯމަލް" ކަމެއް ކަމުގައި ހެދުން މުހިންމު ކަމަށެވެ. ދެމަފިރިއަކު ވަރި ވެއްޖެ ޚަބަރު ލިބުމުން "އައި އޭމް ސޮރީ" އޭ ބުނުމުގެ ބަދަލުގައި "ކޮންގްރޭޗުލޭޝަންސް" އޭ ބުނަން ފެންނަ ކަމަށް ވެސް މިއާ ބުންޏެވެ. އެއީ އެ ކައިވެންޏަކީ ދެ މީހުން ވެސް ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރި ކައިވެންޏަކަށް ވެފައި، ކައިވެނި ރޫޅުމުން ވެސް އެ ކުރި މަސައްކަތުގެ އަގު ވަޒަން ކޮށްދިނުމަށް ކަމަށް ވެސް މިއާ ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!