Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް ފަށާނެކަމަށް ރައީސް އިއުލާންކުރައްވައިފި

އަންނަ ހަފްތާގައި ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް ފަށާނެކަން ރައީސް އިއުލާންކުރައްވައިފިއެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ މުނާޞަބަތުގައި ޤައުމާ މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިޠާބުގައި ، ކޯވިޑުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި އުޅޭ އެންމެންނަށް ކޯވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް އަންނަ ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގެ އެންމެންނަށް ވެކްސިން ޖަހާ ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، ރާއްޖޭގައި މިހާރު ވެކްސިން ނުޖަހާ ތިބި އެންމެންނަށް ދެ ޑޯޒް ފުރިހަމަ ކުރެވޭ ވަރަށް ރާއްޖެއަށް ވެކްސިން ގެނެސްފައިވާކަމަށް ވެސް އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ، ރާއްޖޭގައި އުޅޭ އެންމެންގެ ތެރެއިން، ވެކްސިން ޖަހާ ޢުމުރުގެ 90 އިންސައްތަ މީހުންނަށް، މިފެށޭ އޮގަސްޓް މަހުގެ ނިޔަލަށް، ވެކްސިން ޖަހައި ނިންމުން ކަމަށެވެ. އަދި މިއީ ދުނިޔޭގެ މަދު ޤައުމަކަށް ނޫނީ މިވަގުތު ލިބިފައި ނެތް، ވަރަށް މަތިވެރި ނަސީބެއް ކަމަށާއި ރާއްޖޭގައި މިހާރު ވެކްސިން ނުޖަހައި ތިބި އެންމެންނަށް ދެ ޑޯޒް ފުރިހަމަކުރެވޭ ވަރަށް، ރާއްޖެއަށް ހުރީ ވެކްސިން ގެނެވިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް