Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް މިއަދު ދުބާއީއަށް ވަޑައިގަންނަވަނީ

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް މިއަދު ދުބާއީއަށް ވަޑައިގަންނަވަނީ

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހް މިއަދު ދުބާއީއަށް ވަޑައިގަންނަވާނެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ރައީސް ޞާލިހް މިއަދު ދުބާއީއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ރާއްޖެ އަންނަން ހަމަޖެހިފައި ވަނީ މި މަހުގެ 31 ވަނަ ދުވަހު ކަމަށެވެ. މި ދަތުރުފުޅާ ގުޅޭ އިތުރު މަޢުލޫމާތެއް މަބްރޫކް ދެއްވައިފައެއް ނުވެއެވެ.

މި މަހުގެ 20 ވަނަ ދުވަހު ވެސް ރައީސް ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސްރީ ލަންކާއަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް