ދުނިޔެ

ބޫސްޓަރ ޝޯޓްގެ ސަބަބުން ފައިޒާގެ ފައިދާއަށް ބޫސްޓެއް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ފައިޒާއާއި ބައޯއެންޓެކްއިން އުފައްދައިފައިވާ ކޮވިޑް-19ގެ ވެކްސިން ވިއްކައިގެން މިއަހަރު އެ ކުންފުންޏަށް 33.5 ބިލިޔަން ޑޮލަރު ލިބޭނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

Ads by WAMCO

ފައިޒާ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވެކްސިން ވިއްކައިގެން ލިބޭނެ ކަމަށް އެކުންފުނިން އަންދާޒާ ކުރި އަދަދަށް ވުރެ 29އިންސައްތަ އިތުރު އަދަދެއް މިއަހަރު ލިބޭނެ ކަމަށެވެ. ކުންފުންޏަށް ލިބޭ އާއްމުދަނީ އިތުރުވެގެންދާނީ އިތުރު ބޫސްޓަރ ޝޮޓެއް ދިނުމަށް ބައެއް ޤައުމުތަކުން ތައްޔާރު ވަމުންދާތީއެވެ.

ފައިޒާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ތިންވަނަ ޑޯޒެއް ޖެހުމުގެ ހުއްދަ ހޯދުމަށް އެމެރިކާގެ ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލަށް މިހާރު ހުށަހަޅައިފައިވާ ކަމަށެވެ. އަދި މިއަންނަ އޯގަސްޓް މަހުގެ ތެރޭގައި ހުއްދަ ލިބި، ވެކްސިން ދެވެން ފެށޭނެ ކަމަށް އުންމީދު ކުރާ ކަމަށް އެ ކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ.

ފައިޒާއަކީ އެމެރިކާއިން ބޭނުން ކުރުމަށް އެންމެ ފުރަތަމަ ހުއްދަ ދިން ވެކްސިންނެވެ. މިދިޔަ އަހަރު ޑިސެންބަރު މަހުގެ ތެރޭގައި އެމެޖެންސީ ޔޫސްއަށް ފައިޒާއަށް ހުއްސަ ދެވިގެން ދިޔައިރު، އޭރު ގިނަ ޤައުމުތަކުން ވަނީ ވެކްސިން ގަތުމަށް އެއްބަސްވުންތައް ހަދައިފައެވެ.

ފައިޒާއިން ބުނެފައި ވަނީ ބޫސްޓަރ ޝޮޓްގެ ސަބަބުން އިތުރު 280 މިލިޔަން ވެކްސިން އުފައްދަން އެކުންފުނިން އަމާޒު ހިފައިފައިވާ ކަަމަށެވެ.

މިދިޔަ މަހު ޖޯންސަންސްއާއި މޮޑާނާއިން ވެސް ވަނީ އެކުންފުނިން ވެކްސިން ވިއްކައިގެން ލިބޭނެ ވަރު ހާމަކޮށްފައެވެ. މިގޮތުން ޖޯންސަންސްއަށް ވެކްސިން ވިއްކައިގެން 2.5 މިލިޔަން ޑޮލަރު ލިބޭއިރު، މިއަހަރު މޮޑާނާއަށް ލިބެނީ 19.2 މިލިޔަނެވެ.

ފައިޒާއިން މިދިޔަ އަހަރު ޑިސެންބަރު މަހުން ފެށިގެން މިއަދާ ހަމައަށް ބިލިޔަނަކަށް ވުރެ ގިނަ ވެކްސިން އުފައްދައި އެކްސްޕޯޓްކޮށްފައިވެއެވެ. އެކުންފުނިން ބުނެފައި ވަނީ މިއަހަރު ނިމުމުގެ ކުރިން 3 ބިލިޔަން ޑޯޒް ވެކްސިން އުފެއްދުމަށް އެ ކުންފުނިން އަމާޒު ހިފައިފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!