Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކަރަންޓު ބިލު ބޮޑުވި ކަމަށް ބުނާ މައްސަލަ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބަލަނީ

ކަރަންޓު ބިލު ބޮޑުވި ކަމަށް ބުނާ މައްސަލަ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބަލަނީ

މި މަހުގެ ކަރަންޓު ބިލު ބޮޑުވި ކަމަށް ބުނެ ގިނަ ރައްޔިތުން ޝަކުވާ ކޮށްފައިވާތީ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އެ މައްސަލަ ބަލަން ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން އެ އޮތޯރިޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ސްޓެލްކޯގެ ބައެއް ކަސްޓަމަރުންގެ ކަރަންޓު ބިލު އާދަޔާ ހިލާފަށް ބޮޑުވެފައިވާކަމުގެ ޝަކުވާ އެކި ގޮތްގޮތުން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

"ރަސްމީކޮށް މި މައްސަލަ އެއްވެސް ފަރާތަކުން މި އޮތޯރިޓީއަށް ހުށަހަޅައިފައި ނުވިޔަސް، މި މައްސަލަ މި އޮތޯރިޓީން ބަލަމުންދާކަމުގައި ދަންނަވަން،" ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

Advertisement
Allied Insurance — Square (box)

ސްޓެލްކޯއިން މީގެ ކުރިން ބުނެފައި ވަނީ ޖުލައި މަހުގެ ކަރަންޓު ބިލު ބޮޑުކަމަށް ދައްކަނީ އޭގެ ކުރީ މަހު ސަރުކާރުން އެދިގެން 40 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް ފަހު މި މަހު އެ ޑިސްކައުންޓް ނުދޭތީ ކަމަށެވެ. އަދި އެއީ ސްޓެލްކޯގެ މައްސަލައަކުން ނޫން ކަމަށް ވެސް ބުނެފައިވެއެވެ.

ކަރަންޓު ބިލު ބޮޑުވެގެން ޝަކުވާ ހުށަހެޅުމުން، ސްޓެލްކޯއިން އަލުން ރީޑިންގ ނަގައިދޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް