Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދުބާއީއަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި

ދުބާއީއަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިއަދު މެންދުރު ފަހު އެނބުރި މާލެ ވަޑައިގެންފިއެވެ.

ރައީސް ދުބާއީއަށް ފުރާވަޑައިގެންފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. މި ދަތުރުފުޅަކީ ކޮންކަމަކާ ގުޅިގެން ކުރެއްވި ދަތުރުފުޅެއް ކަމެއް އެނގިފައެއް ނުވެއެވެ.

މި މަހުގެ 20 ވަނަ ދުވަހު ވެސް ރައީސް ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސްރީ ލަންކާއަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް