Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގަށް ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރުކުރަނީ

ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގަށް ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރުކުރަނީ

މިނިވަން ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި މައްސަލައިގެ ތަހުގީގަށް ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފަައްދައިފަވާ ރިޔާސީ ކޮމިޝަނަށް ހާޒިރުވާން އަންގައިފިއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަހުމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ސަރުކާރުގެ ނިޔަތް އޮތީ އެކި ގޮތްގޮތުން ރައީސް ޔާމީނަށް އަނިޔާވެރިވުމަށް ކަމަށެވެ.

"3 އޯގަސްޓުގައި ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރުވުމަށް އަންގައިފި. މި ކޮމިޝަން ވެސް ކުއްލިއަކަށް ހޭލައިފި. ކޮމިޝަން ފެއިލުވެ ރައްޔިތުން ސުވާލުކުރަން ފެށީމާ މިމީހުން ވެސް އައްޑަނައަކަށް މި ހަދަނީ ރައީސް ޔާމީން" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

Advertisement
Ooredoo — Square (box)

އެ ކޮމިޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި ރައީސް ޔާމީން ހާޒިރުކުރަނީ ރިލްވާން ގެއްލުވައިލައިފައިވާ މައްސަލައިގެ ތަހުގީގަށް އެމަނިކުފާނާ ސުވާލުކުރަން ބޭނުންވާތީއެވެ.

ރިލްވާން ގެއްލުވައިލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން މީގެ ކުރިން ވެސް ވަނީ ރިޕޯޓެއް ހާމަކޮށްފައެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ ހުޅުމާލޭއިން ރަތް ކާރަކަށް އަރުވައިގެން ވަގަށް ނަގައިގެން ގެންދިޔުމަށް ފަހު، ޑިންގީއެއްގައި ގެންގޮސް ރިލްވާންގެ ކަރު ބުރިކޮށް މަރައިލައިފައިވާ ކަމަށެވެ. އަދި މިކަމުގެ ފަހަތުގައި ތިބީ ހަރުކަށި ފިކުރުގެ ބައެއް ކަމުގައި ވެސް ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް