Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަރު ކޮމިޝަނަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުމުން، އައްޑަނައަކަށް ހެއްދެވީ ރައީސް ޔާމީން: ޑރ. ޖަމީލު

މަރު ކޮމިޝަނަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުމުން، އައްޑަނައަކަށް ހެއްދެވީ ރައީސް ޔާމީން: ޑރ. ޖަމީލު

ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފަައްދައިފައިވާ ރިޔާސީ ކޮމިޝަނާ މެދު ރައްޔިތުން ކުރާ އިތުބާރު ގެއްލި، ސުވާލު އުފެއްދުމުން އައްޑަނައަކަށް ހެއްދެވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

މިނިވަން ނޫސްވެރިޔާ އަހުމަދު ރިލްވާނު ޢަބުދުﷲ ގެއްލުވައިލި މައްސަލައިގައި ރައީސް ޔާމީން ރިޔާސީ ކޮމިޝަނަށް ހާޒިރުވުމަށް މިއަދު ވަނީ އަންގައިފައެވެ. އެމަނިކުފާނު އެ ކޮމިޝަނަށް ހާޒިރުވުމަށް އަންގައިފައި ވަނީ މި މަހުގެ 3 ވީ އަންގާރަ ދުވަހުއެވެ. ރައީސް ޔާމީން ހާޒިރު ކުރަނީ ރިލްވާން ގެއްލުވައިލި މައްސަލައިގައި ސުވާލު ކުރުމަށް ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޑރ. ޖަމީލު ވިދާޅުވީ މަރު ކޮމިޝަނަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުމުން ކޮމިޝަނަށް ރައީސް ޔާމީން ހާޒިރުކޮށް، އައްޑަނައަކަށް ރައީސް ޔާމީން ހެއްދެވުމަކީ އިތުބާރު ލިބޭނެ ކަމެއް ނޫން ކަމަށެވެ.

Advertisement
Allied — Dhen Online (box)

"މި ކޮމިޝަން ވެސް ކުއްލިއަކަށް ހޭލައިފި. ކޮމިޝަން ފެއިލުވެ ރައްޔިތުން ސުވާލުކުރަން ފެށީމާ މި މީހުން ވެސް އައްޑަނައަކަށް މި ހަދަނީ ރައީސް ޔާމީން." ޑރ. ޖަމީލު ވިދާޅުވެފައިވެއެވެ.

ރިލްވާން ގެއްލުވައިލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން މީގެ ކުރިން ވެސް ވަނީ ރިޕޯޓެއް ހާމަކޮށްފައެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ ހުޅުމާލޭއިން ރަތް ކާރަކަށް އަރުވައިގެން ވަގަށް ނަގައިގެން ގެންދިޔުމަށް ފަހު، ޑިންގީއެއްގައި ގެންގޮސް ރިލްވާންގެ ކަރު ބުރިކޮށް މަރައިލައިފައިވާ ކަމަށެވެ. އަދި މިކަމުގެ ފަހަތުގައި ތިބީ ހަރުކަށި ފިކުރުގެ ބައެއް ކަމުގައި ވެސް ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް