ބޮލީވުޑް

ދީޕިކާގެ ބޮޑީގާޑުގެ މުސާރައަށް އަހަރަކު 8 މިލިއަން ރުޕީސް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސެލެބްރިޓީންގެ ކާމިޔާބީގައި އެމީހުންގެ ބޮޑީގާޑުންނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރަމުންދާ ބައެކެވެ. މީހުން ގިނަ ތަންތަނުން ފަންނާނުންނަށް ރައްކާތެރިކަން ދިނުމާއި މީހުންގެ އުނދަގުލުން ސަލާމަތްކޮށްދީ ފަސޭހަކަން ހޯދައިދިނުމަށް ބޮޑީގާޑުން ވަރަށް އިސް ރޯލެއް އަދާ ކުރެއެވެ.

Ads by Hajj Corporation

ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މިފަދައިން ކަންކަން ނުވިކަމުގައި ވިޔަސް، ހޮލީވުޑާއި ބޮލީވުޑްގައި މިއީ ވަރަށް އާންމު ކަމެކެވެ. އެހެންކަމުން އެފަދަ ހާލަތްތަކުން ސަލާމަތްވުމަށް ބޮޑީގާޑުން ބޭނުންކުރެއެވެ.

މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯންގެ ބޮޑީގާޑް ޖަލާލްއަކީ، އެފަދައިން އޭނާއަށް ވަރަށް ޚާއްސަ މީހެކެވެ.

ސަންޖޭލީލާ ބަންސާލީ އުފެއްދި "ޕަދްމާވަތު" ފިލްމު ރިލީޒް ކުރުމުގެ ކުރިން އުފެދުނު ބޮޑު ހަމަނުޖެހުމާއި ދީޕިކާއަށް އެއިރު ލިބެމުން ދިޔަ އިންޒާރުތަކާ ގުޅިގެން އެންމެ ބުރަކޮށް މަސައްކަތްކޮށް ދިޕިކާ އެކަންކަމުން ސަލާމަތް ކުރި އެކަކީ ޖަލާލްއެވެ.

ދީޕިކާ ދެކޭ ގޮތުގައި އޭނާގެ ކާމިޔާބީގައި ޖަލާލް ދަނީ ގިނަގުނަ އެހީތެރިކަމެއް ވެދެމުންނެވެ. އެކަންކަން ފާހަގަކޮށް ދީޕިކާ ދެކެނީ ޖަލާލަކީ އޭނާގެ ބޭބެއެއް ފަދައިންނެވެ.

ދިޕިކާއާއި ޖަލާލްގެ އޮންނަ ގުޅުމުގެ ގާތްކަމުގެ އިތުރުން، ގިނަ މީހުން ދެން އެންމެ ފާހަގަ ކޮށްފައި ވަނީ އޭނާއަށް ދޭ މުސާރައަށެވެ.

އެގޮތުން ޖަލާލްއަށް މުސާރައިގެ ގޮތުގައި 8 މިލިއަން ރުޕީސް ލިބިފައިވާ ކަމަށް 2017 ވަނަ އަހަރު ވަނީ ހާމަވެފައެވެ. އެކަންވީ ގިނަ ބަޔަކު ހައިރާންވި ކަމަކަށެވެ.

ބޮޑު މުސާރައެއް ލިބުނަސް، ޖަލާލްއަކީ ބޮލީވުޑްގައި އެންމެ މުސާރަ ބޮޑު ބޮޑީގާޑެއް ނޫނެވެ. ބޮލީވުޑްގެ އެންމެ މުސާރަ ބޮޑު ބޮޑީގާޑަކީ އަހަރަކު 2.5 ކްރޯޑް ރުޕީސް ލިބޭ ޝާހްރުކްޚާންގެ ބޮޑީގާޑެވެ. އަދި މެގާ ސްޓަރ އަމީތާބު ބައްޗަންގެ ބޮޑީގާޑަށް ވެސް އެއަށްވުރެ ގިނައިން ލިބެއެވެ. އޭނާއަށް ލިބެނީ އަހަރަކު 1.2 ކްރޯޑެވެ.

ނޯޓް: ކްރޯޑްއާއި މިލިއަނަކީ އެކައްޗެއް ނޫނެވެ. އިންޑިއާއިން ފައިސާގެ ނަންބަރު ޖަހާފައިވާ ގޮތުން، 1 ކްރޯޑަކީ 10 މިލިއަންއެވެ.

  1. ަައަލީ

    ތި ކްރޯޑް ނުލިޔެ ދިވެހ ރުފިޔާ ނޫނީ ޑޮލަރަށް ބަދަލު ކޮށްފަ ލިޔެލީމަ ކިޔުންތެރިންނަށް ކިހާ ފަސޭހަވީސް. މީ ދިވެހި ހުރިހާ ނޫސްވެރިންނަށް އޮތް މެސެޖެއް

  2. ޔަކްޒާާ

    ޙަމަ ޢެހާވެސް މުހިންމު ތަ ބޮޑީގާޑުން ؟
    ޙަމަ އަހާލީ �