Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އުފާވެރި ޚަބަރެއް: މިހާރު ކޮންމެ ދުވަހަކު ވެސް ކައިވެނި ކޮށްދޭނެ

އުފާވެރި ޚަބަރެއް: މިހާރު ކޮންމެ ދުވަހަކު ވެސް ކައިވެނި ކޮށްދޭނެ

މާދަމާއިން ފެށިގެން ހަފްތާގެ ކޮންމެ ދުވަހަކު ވެސް ފެމިލީ ކޯޓުން ކައިވެނި ކޮށްދޭނެ ކަމަށް އެ ކޯޓުން މިއަދު ބުނެފިއެވެ.

ފެމިލީ ކޯޓުން ބުނީ އެ ކޯޓުން ކައިވެނި ކޮށްދޭ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެ ގޮތުން މާދަމާއިން ފެށިގެން ހަފްތާގެ ކޮންމެ ދުވަހަކު ވެސް ކައިވެނި ކޮށްދޭނެ ކަމަށާއި ރަސްމީ އަދި ނުރަސްމީ ގަޑީގައި އޮންލައިންކޮށް ކައިވެނި ކޮށްދިނުމުގެ އިތުރުން ކޯޓަށް ހާޒިރުވެގެން ކައިވެނި ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.

ކޯޓްގައި މިހާރު ކައިވެނި ކުރަން ބޭނުންވާ ފަރާތްތަކަށް، ކޯޓުގައި ކައިވެނި ކޮށްދޭ ރަސްމީ ގަޑިއަކީ ހެނދުނު 8:30 އިން މެންދުރު 1:30 އަށެވެ. އަދި ނުރަސްމީ ގަޑިއަކީ ހަވީރު 4:00އިން ރޭގަނޑު 9:00އަށެވެ. މި ވަގުތުތަކުގައި އޮންލައިންގެ އިތުރުން ކޯޓަށް ހާޒިރުވެގެން ވެސް ކައިވެނި ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ކޯޓުން ބުނެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް