ކޮވިޑް-19: މިއަދު ރާއްޖެއިން ފައްސިވީ 125މީހުން

ރާއްޖެއިން މިއަދު އިތުރު 125 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 26 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 91 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު 8 މީހުން ފައްސި ވެފައިވެއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 77،758 މީހުންނެވެ.
ބަލިން ފަސޭހަވެފައި ވަނީ 75،065 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 12 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ނިޔާވެފައިވެއެވެ.