މިސްބާޙްއަކީ އެމްޑީޕީ ޕްރޮޕެގެންޑާ ފަތުރަން އުޅޭ އެކްޓިވިސްޓެއް، މަޤާމުން ވަކި ކުރަން ޖެހޭ: ޖަމީލް
ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ މަރު ކޮމިޝަންގެ މެންބަރު މިސްބާޙް އައްބާސަކީ އެމްޑީޕީގެ ޕްރޮޕެގެންޑާ ފަތުރަން އުޅޭ އެކްޓިވިސްޓެއް ކަމަށާއި އޭނާ ވަގުތުން އެ ކޮމިޝަނުން ވަކިކުރަން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ޤާނޫނީ ވަކީލުންގެ ޓީމްގެ އިސް ވަކީލު، ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ގެއްލުވައިލައިފައިވާ މީހުންނާއި މަރައިލައިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދަވައިފައިވާ ރިޔާސީ ކޮމިޝަންގެ މެންބަރުކަމުން މިސްބާޙް ވަކި ކުރަން ރައީސް ޔާމީންގެ އިސްވަކީލު ގޮވައިލައްވާފައި މި ވަނީ، ގެއްލުވައިލައިފައިވާ ނޫސްވެރިޔާ ރިޟްވާންގެ މައްސަލައިގައި ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ޖަމީލް މި މޭރުމުން ވިދާޅުވީ، ރިލްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލަ ނުބަލަން ރައީސް ޔާމީން އުމަރު ނަސީރަށް އެންގެވި ކަަމަށް ބުނެ އޮންލައިން ނޫހަކުން ލިޔެފައިވާ ޚަބަރެއް ޓްވީޓް ކުރައްވަމުންނެވެ. ޖަމީލް ވިދާޅުވީ، މަރު ކޮމިޝަން ފަދަ ސީރިއަސް މަސްއޫލިއްޔަތެއް ޙަވާލުވެފައިވާ ތަނެއްގެ މެންބަރަކު ސިޔާސީ އެކްޓިވިސްޓެއްގޮތަށް ހަރަކާތްތެރިވެގެން ނުވާނެ ކަމަށާއި އޭނާ މަޤާމުގެ މަސްއޫލިއްޔަތުން ވަކި ކުރަން ޖެހޭ ކަމަށެވެ.
ރައީސް ޔާމީން އެ ފަދައިން އެންގެވި ކަމަށް އުމަރު ވިދާޅުވި ކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހެއްގައި ލިޔެފައިވާ ޚަބަރަކަށް ރައްދު ދެއްވަމުން، އުމަރު މިއަދު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި ރިޟްވާންގެ ތަޙްޤީޤް ހުއްޓާލަން ދުވަހަކު ވެސް ރައީސް ޔާމީން އަންގަވައިފައި ނުވާ ކަމަށެވެ.
"މި މައްސަލަ ނުބެލުމަށް ނުވަތަ ހުއްޓާލުމަށް ރައީސް ޔާމީން ދުވަހަކު ވެސް އަޅުގަޑު ކައިރީ ވިދާޅުވެފައެއް ނުވޭ. މިއީ ކަޑައެޅިގެން 'އޯވަރވެލްމް'ގެ މާނަ އޮޅޭ ގޮތަށް ލިޔެފައިވާ ޚަބަރެއް." އުމަރު ނަސީރު އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައިވެއެވެ.
ޑރ. ޖަމީލަ ކީސިއާސީގޮތުންއަދިގާނޫނީގޮތުންވެސް
ކާރިކުރަންހެޔޮވާވަރުގެބޭފުޅެއްނޫންއިހައްދުވަހުނޫންތޯ
ޖަމީލުހަޅޭލަވަމުންދުވީ ޔާމިނަވަގެކޭދައުލަތުގެހަޒާހުސް
ކޮއްފިއޭ މާދަމާދުވަންފަށާފާނެތިހުރިހާމީހުންމެރީވެސް
ޔާމިނޭކިޔާފަ އެހެންވީމަޖަމީލަކީކާރިކުރާވަރުގެ
މީހެއްނޫނެކޭމިދައްނަވާލީާ