Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މޫސުން ގޯސްވެ އަނެއްކާ ވެސް ހުދު ސަމާލު

މޫސުން ގޯސްވެ  އަނެއްކާ ވެސް ހުދު ސަމާލު

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ މިއަދު 3ވަނަ ފަހަރަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

މިރޭގެ 20:30 ހުން 02:30އަށް ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ. މެޓް އޮފީހުން ވިދާޅުވީ ހުދު ސަމާލުގެ ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެކަމަށެވެ. އަދި ހުދު ސަމާލު ނެރެފައިވާ ސަހަރައްދުތަކުގެ ކަނޑުތައް ގަދަވާނެކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ. އެހެންކަމުން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.

ރާއްޖޭގެ މޫސުން މިރޭ ކުރިއަށް ލަފާ ކުރާގޮތަށް ބަލައިލާއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

Advertisement
Allied Insurance — Square (box)

މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާ ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާ ކުރެވޭއިރު ދެކުނުގެ އަތޮޅުތަކުގައި ހުޅަނގާ ހުޅަނގު ދެކުނުން ގަޑިއަކު 5 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާ ކުރެވޭކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގެ ކަނޑުތަކަށް ބަލައިލާއިރު މެދު ރާއްޖެތެރެއާއި އުތުރުގެ ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު ދެކުނުގެ ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި ވިލާގަނޑުގައި ކަނޑުތައް ގަދަވާއިރު ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 7 ފޫޓާ ދެމެދުގައި ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް