ޚަބަރު އިޖުތިމާޢީ ސަރުކާރު

ވިލިނގިލި މޮނިޓަރިން އިން ނަގައިފި، މިހާރު މޮނިޓަރިންގައި އޮތީ 13 ރަށެއް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކޮވިޑް-19ގެ ވޭދަނައެއް ފެނި މި އޯގަސްޓު މަހުގެ 1ވަނަ ދުވަހު މޮނިޓަރިންއަށް ލައިފައިވާ ގއ. ވިލިނގިލި ،މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ. މިއާއެކު މިިވަގުތު މޮނިޓަރިންގައި އޮތް ރަށްރަށުގެ ޖުމްލަ މި ވަނީ 13އަށް މަދުވެފައެވެ.

Ads by STELCO

މޮނިޓަރިންގެ ހާލަތުން ނެގިތާ 4 ދުވަސް ފަހުން ވިލިނގިލި އަނެއްކާ ވެސް މޮނިޓަރިންއަށް ލީ މި އޯގަސްޓު މަހުގެ 1ވަނަ ދުވަހުއެވެ.

އެ ރަށް މޮނިޓަރިން ހާލަތަށް ގެނެވިފައި ވަނީ ބަލީގެ އަލާމާތްތައް ހުރެގެން އެ ރަށު ހޮސްޕިޓަލަށް ދެއްކި ގއ. ކޫއްޑޫގައި މަސައްކަތްކުރާ މުވައްޒަފެއް ކޮވިޑް-19އަށް ފައްސިވުމާ ގުޅިގެންނެވެ.

ރާއްޖެ ކޮވިޑް-19ގެ ހާލަތުން "ނިއު ނޯމަލް" އަކަށް ދެވިފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ވިދާޅުވެފައެވެ. އަދި ކޮވިޑް-19ގެ ސަބަބުން ރާއްޖޭގައި އަޅައިފައިވާ ފިޔަވަޅުތަކަށް މުޅިން އެކީހެން މިހާރު ވަނީ ލުއި ދީފައެވެ. އެހެން ނަމަވެސް ބައެއް ލުއިތަކަށް އަދި އަމަލު ކުރާކަށް ނުފަށައެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭއިން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ރާއްޖެއަކީ ފުލީ ވެކްސިނޭޓެޑް ގައުމަކަށް ހެދުމަށް ޓަކައި ސަރުކާރުން ވަނީ ވެކްސިން ޖެހުމުގެ ބޮޑު ކެމްޕޭނެއް ވެސް ފަށައިފައެވެ. މި ކެމްޕޭނުގެ ދަށުން ސަރުކާރުގެ ހުރިހާ މުއައްޒަފުންނަކީ ވެކްސިން ޖަހައިފައިވާ ބަޔަކަށް ހެދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!