ސަރުކާރު

ޑީއެންއޭއިން ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓަކު ނެރެނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސިޔާސީ ހަރަކާތެއް ކަމަށްވާ ދިވެހި ނެޝެނަލް އެކްޝަން (ޑީއެންއޭ)އިން 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމައިފިއެވެ.

Ads by MWSC

އެ ހަރަކާތުން މިރޭ ބުނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޑީއެންއޭގެ ފަރާތުން ވާދަކުރުމަށް ރިޔާސީ ކެންޑޑޭޓަކު ނެރުމަށް މިއަދު ބޭއްވި އިންޓަރިމް އެގްޒެކްޓިވް ކައުންސިލް (އެކްސްކޯ)ގެ 20 ވަނަ ބައްދަލްވުމުގެ އިއްތިފާގުން ނިންމައިފައިވާ ކަމަށެވެ.

ޑީއެންއޭ އިފްތިތާހު ކުރުމަށް މެއި މަހުގެ ތިންވަނަ ދުވަހުގެ ރޭ ބޭއްވި ޙަފްލާގައި ވާހަކަ ދައްކަވަމުން އެ ހަރަކާތުގެ ބާނީ އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ޑީއެންއޭއަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވާން އުފެއްދި ހަރަކާތެއް ނޫން ކަަމަށެވެ.

ޑީއެންއޭގެ މަގްސަދަކީ ރާއްޖެ މުޅިން އައު މިސްރާބަަށް ގެންދިއުން ކަމަށާއި ނަމަވެސް ކުރިއަށް ރިޔާސީ އިންތިހާބަކީ ރާއްޖެ އައު މިސްރާބަކަަށް ގެންދަން ލިބޭނެ ފުުރުސަތެއް ކަމަށް ޢުމަރު ނަސީރު ވިދާޅުވިއެވެ.

"އެ ފުރުސަތުގެ ބޭނުން ހިފާނީ ކިހިނެއްތޯ ނިންމާނީ އިންތިހާބު ކައިރިވުމުން. ޑީއެންއޭ މި އުފައްދަނީ ދިވެހިންގެ މުރާލިކަމާ ދިވެހިންގެ ހީވާގިކަމާ ދިވެހިންގެ މަސައްކަތްތެރިކަމާ އަނބުރާ ގެންނަން. ޑީއެންއޭ މި އުފައްދަނީ އިސްލާމް ދީނުގެ ރީތި އަހުލާގަށް މަތީ ތައުލީމަށް ހުނަރު ފައްކާވެފައިވާ ޖީލެއް އުފައްދައި އެ ޖީލުގެ ކޮނޑުގައި މި ގައުމު ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ މަތިވެރި މަގުސަދުގައި" އުމަރު ނަސީރު ވިދާޅުވިއެވެ.

ޑީއެންއޭ ގެ ނަމުގައި އުފެއްދި ހަރަކާތުގެ މައިގަނޑު މަގްސަދެއްގެ ގޮތުގައި އުމަރު ނެންގެވީ އަމިއްލަވަންތަ، އިސްލާމްދީނަށް ލޯބި ކުރާ އަދި މިނިވަން ދައުލަތެއް ކަށަވަރު ކުރުމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!