ރައީސް ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރައްވައިފި
ތުރުކީވިލާތުގައި ކުރިއަށްދާ ކޮޕް31 ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކި ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
ކޮޕް31 ސަމިޓުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކި ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މިއީ 1992ވަނަ އަހަރު ވުޖޫދުވި ޔޫއެންއެފްސީސީސީ މުޢާހަދާގެ ދަށުން ބާއްވާ 31ވަނަ ސަމިޓެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ ސަމިޓު ފެށުމުގެ ރަސްމިއްޔާތުގެ އިތުރުން، ތަފާތު ސެޝަންތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން އެންޑީގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގޭސްޓަން ބްރައުން އާއި، ވޯލްޑް ބޭންކް ގްރޫޕުގެ ރައީސް އަޖޭ ބާންގާގެ އިތުރުން ބާބޭޑޯސްގެ ބޮޑުވަޒީރު އަމޯރު ބޯޓްލޭއާ އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.
މީގެއިތުރުން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޠާރިޤް ރަޙްމާނާއި އެމަނިކުފާނުގެ އަނބިކަބަލުން ޒުބައިދާ ރަޙްމާނާ ވެސް ރައީސް ބައްދަލުކުރެއްވިއެވެ. އަދި ރަޝިއަން ފެޑެރޭޝަންގެ ކްލައިމެޓް އެންޑް ވޯޓަރ ރިސޯސަސްގެ މަންދޫބު ރުސްލާން ގެޑެލްގޭރިއަވްއާ ބައްދަލުކުރައްވައި މޫސުމީ މައްސަލަތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
މި ސަމިޓުގައި ރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވަވަމުން، މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ހުރި ހުރަސްތަކާއި، އެކަންކަމަށް ބޭނުންވާ މުހިންމު ހައްލުތަކަށް ރައީސް އަލިއަޅުއްވާލެއްވިއެވެ. މި ސަމިޓަކީ ދުނިޔޭގެ ލީޑަރުންނާއި، ސައިންސްވެރިން އަދި މަދަނީ ޖަމްޢިއްޔާތައް ގުޅިގެން މޫސުމީ ނުރައްކާތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ.



ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.