ބޮލީވުޑް

ކަރީނާގެ ހޫނު ރައްދު މީޑިއާތަކަށް: ހަގު ދަރުފުޅަށް ކިޔަނީ ޖެހަންގީރެއް ނޫން، ޖެހް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ކަރީނާ އަދި ފިރިމީހާ ސައިފް ދަރިފުޅު ތައިމޫރު އަދި )ޖެހަންގިރު (މޫނު ފޮރުވާފައި

ހަގު ދަރިފުޅުގެ ނަން އޮޅުވާލާތީ ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކަރީނާ ކަޕޫރް ޚާން ރުޅިގަދަ ވެއްޖެއެވެ.

Ads by STELCO

މީޑިއާ ރިޕޯޓުތަކުން އިއްޔެ ބުނަމުން ދިޔައީ، ކަރީނާއާއި ސައިފް އަލީ ޚާންގެ ދެވަނަ ދަރިފުޅަށް ދީފައިވާ ނަމަކީ ޖެހަންގީރް ކަމަށެވެ. އެ ޚަބަރާ އެކު އެތައް ބަޔަކު ދިޔައީ އެ ދެ ތަރިން މީސް މީޑިއާގައި ފަލީހަތްކޮށް، އެކި ފާޑުގެ ބަސްތައް ބުނަމުންނެވެ. ސަބަބަކީ އެ ދެ މީހުންގެ ދޮށީ ދަރިފުޅު ތައިމޫރް އަށް ވެސް ކުރީގެ ނުފޫޒުގަދަ ވެރިއެއްގެ ނަމުން ނަން ދިނުމާއި ޖެހަންގީރް އަކީ ވެސް އެފަދަ ވެރިއެއްގެ ނަމަކަށް ވާތީއެވެ.

މި ޚަބަރުތަކާ ގުޅިގެން ކަރީނާ ރޭގައި ވަނީ ރައްދު ދީފައެވެ.

ދާދި ފަހުން ކަރީނާ ވަނީ އޭނާގެ މާބަނޑު ދުވަސްވަރާއި މަޔަކަށް ވުމަށް ފަހު ދުވަސްތައް ހޭދަވާ ގޮތްތަށް ކިޔުންތެރިންނާ ހިއްސާކޮށް ފޮތެއް ނެރިފައެވެ. އެ ފޮތުގައި އިން ފޮޓޯއެއްގެ ކެޕްޝަންގައި ކަރީނާގެ ހަގު ދަރިފުޅުގެ ނަމަކަށް އިނީ "ޖެހަންގިރް" ޖަހާފައެެވެ.

ފޮތާ ބެހޭ ގޮތުން ލައިވް ޗެޓެއްގައި ކަރަން ޖޯހަރްއާ ވާހަކަ ދައްކަމުން ކަރީނާ ބުނީ، އޭނައާއި ސައިފްގެ ހަގު ދަރިފުޅަށް ކިޔަނީ "ޖެހް" ކަމަށާއި ޖެހަންގީރް ނޫން ކަމަށެވެ. އަދި އެ ދެމަފިރިންނާއި އާއިލާގެ ބަހެއް ނުހޯދާ ދަރިންނާ ބެހޭގޮތުން ދޮގު މައުލޫމާތު އަބަދުވެސް ފަތުރާތީ ކަންބޮޑުވާ ކަމަށް ވެސް ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!