ޚަބަރު އިޖުތިމާޢީ

ބެލެނިވެރިންގެ ކަންބޮޑުވުންތަކައް އެދެވޭ ޖަވާބެއް ނުލިބޭ: މިއަދުވެސް ހިރިމަރަދޫ ދަރިވަރުން ސުކޫލަށް ނުފޮނުވާ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ހިރިމަރަދޫ ސުކޫލުގެ މުދައްރިސުންނާއިދަރިވަރުންތަކެއް/ ފޮޓޯ؛ ހިިރިމަރަދޫ ސުކޫލު ފޭސްބުކް ޕޭޖް

ހިރިމަރަދޫ ސުކޫލުގެ ގިނަ މައްސަލަތަކެއް ފެންމަތިވެ މައްސަލަތަކުގެ ޝަކުވާތައްކޮށް މައްސަލަތައް ހަައްލުވެފައި ނުވާ ކަމަށާއި އަދި މިނިސްޓްރީގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބޭ ކަމަށް ބުނެ މިއަދު ވެސް ދަރިވަރުން ސުކޫލަށް ނުފޮނުވާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

Ads by STELCO

"ދެން"އަށް މައުލޫމާތު ދެއްވަމުން ހިރިމަރަދޫ ކައުންސިލް މެމްބަރު މުހައްމަދު އަރްޒާން ވިދާޅުވީ ސުކޫލުގެ މަައްސަލަތައް ހައްލުނުވާތީ އިއްޔެ ދަރިވަރުން ސުކޫލަށް ނުފޮނުވުމުގެ ސަބަބުން އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެ ރަށަށް ދުރުވި ބޭފުޅުންނާ ބެލެނިވެރިން ބައްދަލުކޮށްފައިވާ ކަމަށާއި ނަމަވެސް އެދެވޭ ޖަވާބެއް ނުލިބޭ ކަމަށެވެ.

"ބެލެނިވެރިންގެ ޑިމާންޑުތައް ހައްލުކޮށްދޭނެ މުހުލަތެއް ދޭން ބެލެނިވެރިން އެދުނީ. އެކަމަކު މިނިސްޓްރީގެ ބޭފުޅުންނަށް މުހުލަތެއް ނުދެވުނު. އެހެންވީމަ މުހުލަތެއް ދެންދެން. އަޅުގަނޑުމެން ގަބޫލުކުރަން ބައެއް ޑިމާންޑްތަކަކީ ވަގުތުން ވަގުތުތައް ހައްލު ކޮށްދެވޭނެ ކަންކަން ނޫންކަން. އެހެންވީމަ މުހުލަތެއް ދީފަ އެ މުހުލަތު ތެރޭގައި ކަންކަން ހައްލުކޮށްދޭން ބެލެނިވެރިން އެދެނީ" އަރްޒާން ވިދާޅުވިއެވެ.

އަރްޒާން ވިދާޅުވީ ނަތީޖާ ނުނެރެވޭ ނަމަ ދަރިވަރުން ސުކޫލަށް ފޮނުވުމުގެ ބޭނުމެއް ނެތްކަމަށް ބެލެނިވެރިން ދެކޭ ކަމަށެވެ.

"ބެލެނިވެރިންގެ މައްސަލަތައް ހައްލުކުރަން މިނިސްްޓްރީން މުހުލަތެއް ބެލެނިވެރިންނަށް ދިނުމަށް ބެލެނިވެރިން އެދޭ. އަދި އެ މުހުލަތު ތެރޭ ކަންކަން ރަނގަޅު ނުވަންޏާ އަނެއްކާ ވެސް ދަރިވަރުން ސުކޫލަށް ނުފޮނުވާ ގޮތަށް ބެލެނިވެރިން ތިބީ. ސުކޫލުގައި ދަރިވަރުންނާ ގުޅޭ ބައިވަރު މައްސަލަތައް އެބަހުރި ހައްލު ނުވެ" އަރްޒާން ވިދާޅުވިއެވެ.

ހިރިމަރަދޫ ސުކޫލުގެ ދަރިވަރުން ސުކޫލަށް ނުފޮނުވި އެންމެ ބޮޑު އެއް ސަބަބަކީ ރަށުގައި ކިޔަވައިދެއްވާ ބައެއް ބޭރު ޓީޗަރުންނަށް ނަތީޖާ ނުނެރެވި އަށެއްކަ އަހަރުވީއިރު ވެސް ބަދަލު ނުކުރުން ކަމަށާއި ދިވެހި ޓީޗަރުން ކުރާ މަސައްކަތާ އެއްވަރަށް ވެސް އެ ޓީޗަރުން މަސައްކަތެއް ނުކުރާކަމަށް މިކަމާ ބެހޭ ގޮތުން މީގެ ކުރިން ވާހަކަ ދައްކަވަމުން އަރްޒާން ވަނީ ވިދާޅުވެފައެވެ.

  1. ހަސަނުގ

    އެކަމަކު ތި ބޭރުޓީޗަރުންނަށް ދޭނެ ދިވެހިންނަށް ވުރެ ބޮޑު މުސާރައާ އެތައް އެލަވަންސެއް.