ސަރުކާރު

ރައީސް އޮފީހުގެ މިނިސްޓަރަކަށް ޒަހާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރގެ މަޤާމަށް ޒަހާ ވަޙީދު މިއަދު ޢައްޔަން ކުރައްވައިފިއެވެ.

Ads by MWSC

ޒަހާ ވަޙީދު މަޤާމަށް ޢައްޔަން ކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ޒަހާ ވަޙީދު އަދާކުރައްވާފައި ވަނީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމެވެ. އަދި، އޭގެ ކުރީގައި ވެސް ފިޝަރީޒް މިނިސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެން ޒަހާ ވަޙީދު މަސައްކަތް ކުރައްވައިފައިވެއެވެ.

މިގޮތުން 1989އާއި 2008ވަނަ އަހަރާ ދެމެދުގައި ޒަހާ ވަޙީދު ފިޝަރީޒް މިނިސްޓްރީގައި އަދާކުރައްވައިފައިވާ މަޤާމުތަކުގެ ތެރޭގައި ސީނިއަރ ރީސާރޗަރ، ޑެޕިއުޓީ ޑިރެކްޓަރ، އަދި، ހެޑް އޮފް ޕޮލިސީ ޕްލޭނިންގ އެންޑް ކޯޑިނޭޝަން ސަރވިސްގެ މަޤާމު ހިމެނެއެވެ.

މީގެ އިތުރުން، ނޮވެމްބަރ 2013 އިން އޮގަސްޓް 2015 އާއި ދެމެދުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަޤާމު ވެސް ޒަހާ ވަޙީދު ފުރުއްވައިފައިވެއެވެ.

ޒަހާ ވަޙީދަކީ، މެރިން ސައިންސް (ފިޝަރީސް ރިސޯސް މެނޭޖްމަންޓް) އިން މާސްޓަރ އޮފް ސައިންސް (އެމް.އެސް.ސީ) ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން، ބެޗެލަރ އޮފް ސައިންސް (ބީ.އެސް.ސީ ވިތް ޖޮއިންޓް އޮނާރސް)އިން މެރިން ބަޔޮލޮޖީ އެންޑް އޯޝެނިއޯގްރަފީ ވެސް ޒަހާ ވަނީ ފުރިހަމަ ކުރައްވައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!