ހުއްދަ ނެތި ގެއަކަށް ވަދެ، މާރާމާރީ ހިންގައިފި
 
                                                    ހުއްދަ ނެތި މާލޭގެ ގެއަކަށް ފިރިހެނަކު ވަދެ މާރާމާރީ ހިންގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލެއް ވިދާޅުވީ ރޭގެ ވަގުތެއްގައި ފިރިހެނަކު މާލޭގެ ގެއަކަށް ވަދެ އެގޭގައި ހުރި ތަކެއްޗަށް ގެއްލުންދީ އަންހެނަކާ މާރާމާރީ ހިންގި މައްސަލައެއް ހުށަހަޅައިފައިވާ ކަމަށެވެ.
މާރާމާރީގެ މި މައްސަލަ ފުލުހުންނަށް ރިިޕޯޓުކޮށްފައި ވަނީ ރޭ 8:14ގައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ އެ މާރާމާރީގައި ފިރިހެން މީހާއާއި އެ ގޭގައި ހުރި އަންހެން މީހާއަށް ކުދިކުދި އަނިޔާވެފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެއްްވެސް މީހަކު އަދި ހައްޔަރު ކޮށްފައެއް ނުވެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
 
  Ads by HDC
 
  
  
            
                     
            
                     
            
                    
 
		
 
		
 
		
 
		
