Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ތ. އަތޮޅު މަދަރުސާގެ ދަރިވަރުންނާއި ޓީޗަރުންނާ ރައީސް ބައްދަލު ކުރައްވައިފި

ތ. އަތޮޅު މަދަރުސާގެ ދަރިވަރުންނާއި ޓީޗަރުންނާ ރައީސް ބައްދަލު ކުރައްވައިފި

ރައީސުލް ޖުމްހޫރިއްޔާ ތ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅުގެ ތައުލީމީ މަރުކަޒުގެ ދަރިވަރުންނާއި ޓީޗަރުންނާ ބައްދަލު ކުރައްވައި ވަގުތުކޮޅެއް ހޭދަ ކުރައްވައިފިއެވެ.

ތ. އަތޮޅު ތައުލީމީ މަރުކަޒުގައި ރައީސް ހޭދަ ކުރެއްވި ވަގުތުކޮޅުގައި އެސުކޫލުގެ ދަރިވަރުންނާ ބައްދަލު ކުރައްވާ އެކުދިންނާ އެކު ވަނީ އުފާވެރި ވަގުތު ކޮޅެއް ހޭދަ ކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި އެ މަރުކަޒުގެ ޓީޗަރުންނާ ބައްދަލު ކުރައްވައި އެބޭފުޅުންގެ ވާހަކަތައް ރައީސް ވަނީ އަޑު އައްސަވައިފައެވެ.

ރައީސުލް ޖުމްހޫރިއްޔާއާއެކު ހޭދަ ކުރެއްވެވި ވަގުތުތަކުގައި އެ ސެންޓަރުގެ މުއައްޒަފުންނާ މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރޭގައި މުއައްޒަފުންގެ މައްސަލަތަކާއި ހާއްސަކޮށް ދާއިމީ ޕްރިންސިޕަލެއް ނެތުމުގެ ކަންކަން ހައްލުކުރާނެ ގޮތްތަކާއި ސުކޫލު އިމާރާތުގެ މައްސަލަތައް ހިމެނޭކަމަށް ރައީސް އޮފީހުގެ ސްޕޯކްސް ޕާރސަން މަބްރޫކް އަޒީޒް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/MvSpokesperson/status/1427853271712993282

ރައީސް ތ އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި އެއަތޮޅު ތިމަރަފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ވެސް ވަނީ ބައްދަލުކުރައްވައިފައެވެ.

ތިމަރަފުށީ ކައުންސިލް އިދާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ސަރުކާރުން ތިމަރަފުށީގައި ކުރިޔަށް ގެންދަވާ ތަރައްޤީގެ މަޝްރޫޢުތައް ތިމަރަފުށީގެ ރައްޔިތުން ބަލައިގަންނަ ކަމަށާއި ތިމަރަފުށީގެ ތަރައްޤީއަށް ސަރުކާރުން ދެއްވާ އެއްބާރުލެއްވުން ފާހަގަ ކުރައްވައި ކައުންސިލުގެ ރައީސް އެކަމަށް ޝުކުރު އަދާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ތިމަރަފުށީގައި ކުރިޔަށްދާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ބާރަށް ކުރިޔަށްދާ ކަމަށާއި، ދާދިފަހުން ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ތަޢާރަފުކުރެވިފައިވާ ކަމަށާއި މަގު ހެދުމުގެ މަޝްރޫޢު ކުރިޔަށްދާކަމުގައި ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުﷲ ރިޔާޒު ފާހަގަކުރެއްވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް