Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރާއްޖެއިން މިއަދު ފައްސިވީ 95 މީހުން

ރާއްޖެއިން މިއަދު ފައްސިވީ 95 މީހުން

ރާއްޖެއިން މިއަދު އިތުރު 95 މީހުން ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 24 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 62 މީހުން ފައްސިވެފައިވެއެވެ.

ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު 9 މީހުން ފައްސި ވެފައިވެއެވެ.

Advertisement
Ooredoo — Square (box)

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައިވަނީ 79،754 މީހުންނެވެ.

ބަލިން ފަސޭހަވެފައިވަނީ 77،770 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 16 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ނިޔާވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް