އިޖުތިމާޢީ

އަލާމާތްތައް ފެނިގެން ހޮސްޕިޓަލަށް ދެއްކި މީހެެއް ފައްސިވެ، މަހިބަދޫ މޮނީޓަރިންއަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މަހިބަދޫ ހޮސްޕިޓަލު
އދ. އަތޮޅު ހޮސްޕިޓަލު/ ފޮޓޯ: ފޭސްބުކް

ރޯގާ ޖެހިގެން އދ. އަތޮޅުގެ ހޮސްޕިޓަލަށް ދެއްކި މީހެއް ކޮވިޑް-19އަށް ފައްސިވުމުގެ ސަބަބުން، މަހިބަދޫ މޮނީޓަރިންއަށް ލައިފިއެވެ.

Ads by STELCO

މަހިބަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުން ބުނީ ރޯގާ ޖެހިގެން މި މަހުގެ 24ވަނަ ދުވަހު އެ ހޮސްޕިޓަލުގެ އޯޕީޑީއަށް ދެއްކި މީހަކު ކޮވިޑް-19އަށް ފައްސިވެފައިވާ ކަމަށެވެ.

އޭނާއާ ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތުގެ ތެރެއިން އިތުރު ދެ މީހެއް މަހިބަދޫން ފައްސި ވެފައިވާ ކަމަށާއި އެމީހުންނާ އެއްތާވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އިއްޔެ އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

މި ވޭދަނަތަކާ ގުޅިގެން މަހިބަދޫއަށް އަރައި ފޭބުން މަނާކޮށް، އެ ރަށް މޮނީޓަރިންއަށް ލައިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިއުލާނު ކޮށްފައި ވަނީ މިއަދުއެވެ.

މަހިބަދޫއާ އެކު މިހާރު ރާއްޖޭގައި މޮނީޓަރިންގެ ހާލަތުގައި އޮތީ 17 ރަށެކެވެ. އެއީ:

  • ރ. ދުވާފަރު
  • ކ. ކާށިދޫ
  • ށ. ފީވައް
  • ދ. ކުޑަހުވަދޫ
  • އއ. ހިމަންދޫ
  • އދ. ހަންޏާމީދޫ
  • ހއ. އިހަވަންދޫ
  • ގއ. ކަނޑުހުޅުދޫ
  • މ. މަޑުއްވަރީ
  • ކ. ގާފަރު
  • ޏ. ފުވައްމުލައް
  • ގދ. ގައްދޫ
  • ގދ. މަޑަވެލި
  • ތ. ވޭމަންޑޫ
  • ލ. މުންޑޫ
  • ށ. މިލަންދޫ
  • އދ. މަހިބަދޫ

މި ރަށްތަކުގެ ތެރެއިން މިވަގުތު އެންމެ ގިނަ ދުވަސް ވަންދެން މޮނީޓަރިންގައި އޮތީ ރ. ދުވާފަރެވެ. އެ ރަށް މޮނީޓަރިންއަށް ލައިފައިވަނީ މެއި މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!