މަސް ފެންގަނޑަކަށް ވެއްޓި 11 މަހު ކުއްޖަކު ނިޔާވެއްޖެ
އދ. އޮމަދޫ ގެއެއްގައި ހުރި މަސް ފެންގަނޑަކަށް ވެއްޓުނު 11 މަހުގެ ކުއްޖަކު ނިޔާވެއްޖެއެވެ.
އދ. އޮމަދޫން ކައުންސިލްގެ ރައީސް އިބްރާހީމް އާދިލް "ދެން"އަށް ވަނީ މިކަން ކަށަވަރު ކޮށްދެއްވައިފައެވެ.
އެ ރަށުން މައުލޫމާތު ދިން ފަރާތަކުން ބުނެފައި ވަނީ، ކުއްޖާ އެ ރަށު ސިއްޙީ މަރުކަޒަށް ގެންދިޔައިރު ނޭވާ ނުލާ ކަމަށާއި ފަރުވާ ދިނުމަށް ޑޮކްޓަރުން މަސައްކަތް ކުރި ކަމަށެވެ. އެހެން ނަމަވެސް މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ބެލެވޭ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން އެ ރަށު ސިއްޙީ މަރުކަޒުގެ ބަހެއް ލިބޭ ގޮތް އަދި ވަނީ ނުވެފައެވެ.







ކޮމެންޓް