ރައީސް ޔާމީންގެ މައްސަލައިގައި ހުކުމުގައި އޮތް އެއްޗެއް ނުވެސް އެނގޭ: ފަނޑިޔާރު އަލީ އާދަމް
ކުރީގެ ރައީސް , ރައީސް އަބްދުﷲ ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން ފަނޑިޔާރު ހުސެއިން ފާއިޒް ރަޝާދު ދައްކަވައިފައިވާ ކަމަށް ބުނާ ވާހަކަތަކެއްގެ މައްސަލަ ޕީޕީއެމްއިން ފުލުހުންނަށް މިއަދު ހުށަހަޅާފައި ވަނިކޮށް، ރައީސް ޔާމީންގެ ބެންޗްގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު އަލީ އާދަމް ދައްކަވައިފައިވާ ކަމަށް ބުނާ ވާހަކަ ތަކެއްގެ އޯޑިއޯއެއް ލީކްކޮށްލައިފިއެވެ.
ފަނޑިޔާރު އަލީ އާދަމް ކަމަށް ބުނާ މީހާ ދައްކައިފައިވާ ވާހަކަތަކުގެ ރިކޯޑިންގްއެއް "ދެން"އަށް ވަނީ ލިބިފައެވެ. މިއީ މިއަދު ލީކްވި ތިންވަނަ ރިކޯޑިންގއެވެ. އެއީ ފަނޑިޔާރު ހުސައިން ފާއިޒުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަމީރުގެ ރިކޯޑިންއެއް ވެސް މިއަދު ލީކް ވެފައިވެއެވެ.
ފަނޑިޔާރު އަލީ އާދަމްގެ ލީކްވި ރިކޯޑިންގައި ރައީސް ޔާމީންގެ ޝަރީއަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ، ރައީސް ޔާމީނަށް އިއްވި ހުކުމްގައި އޮތް އެއްޗެއް ވެސް އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށާއި ޝަރީއަތުގައި އިންނެވީ ސަރުކާރުން އަންގަވައިގެން ކަމަށެވެ.
"އެބޭފުޅާ އަޅުގަނޑު ގާތު ދެންނެވީ އަލީ ރަޝީދު ގާޒީއާ އެކުގައި އަލީ އާދަމް ބެންޗުގައި އިންނާނެއޭ ރައީސް ޔާމީންގެ މައްސަލައިގައި. ދެން އަޅުގަނޑު ގާތު އެ ބޭފުޅާ ވިދާޅުވީ އަލީ އާދަމް އެއްވެސް ވާހަކައެއް ދައްކާނެ ކަމެއް ނެތޭ." ފަނޑިޔާރު އަލީ އާދަމް ވިދާޅުވީ، އޭނާއާ ބައްދަލުކުރެއްވި ސަރުކާރުގެ އިސް ބޭފުޅަކު މުޅި ޝަރީއަތުގެ ކަންކަން ފަނޑިޔާރު އަލީ ރަޝީދު ކުރިޔަށް ގެންދަވާނެ ކަމަށް ވިދާޅުވި ކަމަށެވެ.
"އަލީ ގާޒީ ރަޝީދު ކުރިއަށް ގެންދާނެއޭ. މުޅި ޝަރީއަތުގެ ކަންކަން ކުރިޔަށް ގެންދަވާނޭ އަލީ ރަޝީދު... "އަޅުގަނޑު އިނީ ބެންޗްގައި އެ ބޭފުޅާ ދެންނެވި ގޮތަށް. އަޅުގަނޑަކަށް ޙަޤީޤަތުގައި ނުއެެއް އިނގޭ އޭގައި ލިޔެފައި އޮތީ ކޯއްޗެއް ކަމެއް ވެސް."
ފަނޑިޔާރު އަލީ ރަޝީދަކީ ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ބެންޗްގެ އިސް ފަނޑިޔާރެވެ. އެ ބެންޗްގައި ދެން ތިއްބެވީ، ތިއްބެވީ ފަނޑިޔާރު ހުސެއިން ފާއިޒް ރަޝާދު، ފަނޑިޔާރު މުހައްމަދު ސަމީރާއި ފަނޑިޔާރު އަހުމަދު ޝަކީލާއި ފަނޑިޔާރު އަލީ އާދަމެވެ.
ލީކްވި ވީޑިއޯގައި ފަނޑިޔާރު އަލީ އާދަމް ކަމަށް ބުނާ މީހާ ވިދާޅުވީ، ހުކުމް ކުރުމުގެ ކުރީން ވެސް ގާޒީ އަލީ ރަޝީދަށް ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަން ލިބިވަޑައިގަންނަވާނެކަން އެނގޭ ކަމަށެވެ. އަދި އެކަން އެ ގޮތަށްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އޭނާއަށް ކްރިމިނަަލް ކޯޓްގެ ހިންގުން ހަވާލު ކުރެވޭނެ ގޮތަށް ކަންކަން އިންތިޒާމު ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި ކަމަށާއި އެކަން އެގޮތަށް ކުރިޔަށް ނުދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
"ދެން އަޅުގަނޑު ގާތު އަލީ ރަޝީދު ގާޒީ ދެންނެވި ވަރަށް ރަނގަޅަށޭ އޮތީ. އަލީ ރަޝީދު ގާޒީ ބަދަލު ވާނީ ސުޕްރީމް ކޯޓަށޭ. އަޅުގަނޑު ކްރިމިނަލް ކޯޓުގެ އިސް ގާޒީކަން ދޭން ދަންނަވާނަމޭ" ފަނޑިޔާރު އަލީ އާދަމް ކަމަށް ބުނާ މީހާ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފައި ވަނީ 28 ނޮވެންބަރު 2019ގައެވެ.
ރައީސް ޔާމީނުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ފުރަތަމަ ބެއްލެވީ އޭރުގެ އިސް ގާޒީ އަހުމަދު ހައިލަމެވެ. އެހެން ނަމަވެސް އެންމެ ފަހު ވަގުތު އޭނާ ވަނީ ސަސްޕެންޑްކޮށް، މައްސަލަ ބެއްލެވުން ފަސް ގާޒީންގެ ބެންޗަކާ ހަވާލުކޮށްފައެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނުގެ މައްޗަށް އިއްވައިފައި ވަނީ ފަސް އަހަރުގެ ޖަލު ހުކުމަކާއި، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ.
ނަމެއްގަ ޖަލުގަ. ވަގު ކަލެގެ އަރާމުކޮށް ގޭގަ
ޙުކުމިގަ އޮތްއެއްޗެއްނޭގޭނަމަ ބެންޗްގަ އިނީ ކީކިރަން
ތިއޮތީ ހަތަރެސްކަން ހަމަވެފައި. ތިޔަ ވަރަށް ފަނޑިޔާރުގެ މިނިވަންވެ، އިންސާފު ލިބޭނީ. ތިޔައީ ހަމަ ލޯކަނު ފަނޑިޔާރުގެ ޝަރީޢަތް. ޢިންސާފުވެގެން ތިޔަ ދަނީ ލިބެނީ ސުމެއް.
ތިބައިމީހުނަށްް ގާޒީންނޭޭ ކިޔަންް ވެސްް ހެޔޮނުވާނެެ.