ޚަބަރު

މިއަދު ކަރަންޓު ދެނީ ހިޔާ ފްލެޓުތަކުގެ އެކަކާއި ދެވަނަ ޓަވަރަށް: ސްޓެލްކޯ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ހިޔާ ފްލެޓުތައް/ ދެން އިމޭޖްސް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓްގެ ޓަވަރުތަކުގެ ތެރެއިން 1 އަދި 2 ވަނަ ޓަވަރުގެ ފްލެޓްތަކަށް މިއަދު ކަރަންޓު ދޫކުރާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނެފިއެވެ.

Ads by STELCO

އެގޮތުން ސްޓެލްކޯއިން މިއަދު ބުނީ، ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުމަށް ޓަކައި މިއަދު 1 އަދި 2 ވަނަ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސް.އެމް.އެސް މެދުވެރިކޮށް ހާޒިރުވާން ޖެހޭ ގަޑި އަންގާނެ ކަމަށެވެ.

"އެބޭފުޅަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް މިކުންފުނިން ދޫކޮށްފައިވާ ސްލިޕާއި، ފްލެޓްގެ ތަޅުދަނޑިއާ އެކު، ޓަވަރުތަކަށް ވަޑައިގަތުމަކީ މި ކުންފުނީގެ ވަރަށް ބޮޑު އިލްތިމާސެއް" ސްޓެލްކޯއިން ބުނެފައިވެއެވެ.

ފްލެޓުތައް ލިބިފައިވާ ފަރާތްތަކުން އެސް.އެމް.އެސް ލިބި ހާޒިރު ނުވެއްޖެ ނަމަ އެ ފަރާތަކަށް ދެން އެ ފުރުސަތު ދޭނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓު ދީ ނިމުމުންކަމަށް މީގެ ކުރިން ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފައި ވަނީ މި ހިނގާ އޯގަސްޓު މަހުގެ 17 ވަނަ ދުވަހުއެވެ. އެގޮތުން، ޓަވަރު 16، 15، 11، 12، 6، 5، 4 އަދި 3އަށް ސްޓެލްކޯއިން މިހާރު ވަނީ ކަރަންޓު ދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!