ޚަބަރު

އެމްޑީޕީގެ ފަނޑިޔާރުންގެ މަޖިލިސް ނެގީ ރައީސް ޞާލިޙްގެ ކެނޑިޑޭޓުން!

ރައުފާ ރަޝީދު ، ދެން އޮންލައިން
ރައީސް ޞާލިޙް އަދި ރައީސް ނަޝީދު

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް 9 މެމްބަރުން އައްޔަންކޮށްފިއެވެ.

Ads by MWSC

އެމްޑީޕީގެ ގައުމީ މަޖިލީހުގެ 185 ވަނަ ޖަލްސާގައި އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތިލެއްވީ ޖުމްލަ 18 ބޭފުޅުންނެވެ. އެހެން ނަމަވެސް އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ހޮވަނީ 9 މެމްބަރުންނެވެ.

އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތި ލެއްވި ބޭފުޅުންނަށް ލިބިލެއްވި ވޯޓު

  1. އަމީން ފައިސަލް - 48 ވޯޓު
  2. ފާތިމަތު ޝަހީދާ - 51 ވޯޓު
  3. އަހުމަދު ޒުހައިރު - 47 ވޯޓު
  4. ސޫޒަން އިބްރާހީމް - 45 ވޯޓު
  5. އަހުމަދު އަފްރާހު - 42 ވޯޓު
  6. ފަސާހް އަހުމަދު - 48 ވޯޓު
  7. އަހުމަދު ރިޝްވާން - 71 ވޯޓު
  8. ފާތިމަތު އިނާޝާ - 66 ވޯޓު
  9. ހުސައިން ރަޝީދު - 66 ވޯޓު
  10. އިބްރާހީމް މުހައްމަދު ދީދީ - 67 ވޯޓު
  11. އަހުމަދު މައުރޫފް - 67 ވޯޓު
  12. ނައުޝާދު އަބްދުލް އަޒީޒް - 63 ވޯޓު
  13. މުހައްމަދު ކަމާލް - 41 ވޯޓު
  14. އަހުމަދު ނިޝާދު - 64 ވޯޓު
  15. ހަސަން ޒާހިރު - 50 ވޯޓު
  16. އާދަމް މާހިރު - 65 ވޯޓު
  17. އަބްދުލް މަޖީދު - 59 ވޯޓު
  18. އަނަސް އަބްދުއްސައްތާރު - 76 ވޯޓު

ހޯމަދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ، މި އިންތިހާބުގެ ޖުމްލަ ވޯޓުގެ އަދަދަކީ 1039 ކަމަށެވެ. އަދި 120 މެމްބަރުން ވޯޓު ލާފައިވާއިރު ބާތިލް ވޯޓުގެ އަދަދަކީ 4 ވޯޓު ކަމަށެވެ.

މި އިންތިހާބު ކުރިއަށް ދިޔަ ގޮތާ މެދު އެމްޑީޕީގެ ބައެއް މެމްބަރުން މިހާރު ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އެމްޑީޕީގެ އިސްތިއުނާފްގެ ފަނޑިޔާރުންގެ މަޖިލީހަށް ހޮވިފައި ވަނީ އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނުގެ ކެނޑިޑޭޓުންނެވެ. މި އިންތިހާބުގައި ރައީސް ނަޝީދަށް ތާއީދުކުރައްވާ ކެންޑިޑޭޓުންނަށް ކާމިޔާބު ލިބިފައެއް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!