ރިހިވެލި ރިސޯޓް ހިންގަމުން އައި ބޭރު މުވައްޒަފުން އެ ތަނުން ބޭރުކުރަން މަސައްކަތްކޮށް، ހަމަނުޖެހުން ހިންގައިފި
ރިހިވެލި ރިސޯޓް ހިންގަމުން އައި ފްރާންސް ކުންފުނީގެ މުވައްޒަފުންތަކެއް އެތަނުން ގަދަކަމުން ބޭރުކުރަން ބަޔަކު މަސައްކަތްކޮށް، އެ ރިސޯޓްގައި ހަމަނުޖެހުންތަކެއް ހިންގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ރިހިވެލި ރިސޯޓަށް ބަޔަކު އަރައި ހަމަނުޖެހުން ހިންގާކަމުގެ މައުލޫމާތު މިއަދު ހަވީރު 4:00 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އިތުރު ހަމަނުޖެހުމެއް ހިނގިޔަ ނުދިނުމަށް ފުލުހުން އެ ރިސޯޓުގައި ހަރަކާތްތެރި ވަމުންދާ ކަމަށެވެ.
މި ހަމަނުޖެހުމާ ގުޅިގެން "ދެން" އަށް މައުލޫމާތު ދެއްވަމުން، ރިހިވެލި ރިސޯޓް ހިންގަމުން އަންނަ ސޭވް ދަ ޑްރީމްގެ ޤާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ، ރިސޯޓްގެ ވެރިފަރާތްކަމަށްވާ މާހަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރިސޯޓަށް ދިޔަ ބަޔަކު ގަދަކަމުން އެ ރަށުގެ ކޮންޓްރޯލް ނަގަން މަސައްކަތް ކޮށްފައިވާ ކަމަށާއި އެގޮތަށް ކަންތައް ކުރި އިރު އެ ދެފަރާތުގެ ދެމެދުގައި ގިނަ މައްސަލަތަކެއް ޖެހި ކޯޓުތަކުގައި ޝަރީއަތް ކުރިއަށްދާ ކަމަށެވެ.
ވަކީލު ނާޒިމް އިތުރަށް ވިދާޅުވީ، ސޭވް ދަ ޑްރީމް އިން މަސައްކަތްކުރަނީ އެ މައްސަލަތައް ޝަރުއީ އެންމެ ފަހު މަރުހަލާއިން ނިމެންދެން ރިސޯޓްގައި ތިބުމަށް ކަމަށެވެ.
"ދެން"އަށް ލިބިފައިވާ ލިޔުމަކުން އެނގިފައިވާ ގޮތުގައި، ބަޔަކު މިއަދު ރިސޯޓަށް އެރީ އެ ރިސޯޓްގެ މައްސަލަތަކުގެ ތެރެއިން ހުށަހަޅައިފައިވާ ދައުވާއެއްގައި ރަށުގެ ސަބްލީޒް އެއްބަސްވުން ބާތިލްވެފައި ވާތީ ސޭވް ދަ ޑްރީމަށް ނުވަތަ އެ ކުންފުނީގެ އެއްވެސް ހިއްސާދާރަކަށް ވެސް މާހަލްގެ ހުއްދަ ނެތި ރިސޯޓްގައި ނުތިބެވޭނެ ކަމަށާއި އެތަނުން މަންފާ ހޯދުމުގެ ހައްގު ނޯންނާނެ ކަމަށް ގާޒީ އަލީ ނަސީރު މިއަދު ކުރެއްވި ހުކުމަކަށް ފަހުގައެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި ގާޒީ ހުކުމް އިއްވެވިތާ 10 މިނެޓު ނުވަނީސް އެ ރިސޯޓުން ފްރާންސްގެ މުވައްޒަފުން ބޭލުމަށް އެތަނަށް މީހުން އަރައިފައިވެއެވެ.
މާހަލް ރިސޯޓަށް އެރި ބައެއް މީހުން ފްރާންސްގެ އަންހެނަކަށް ހުރަސް އަޅާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވެސް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ގާޒީ އަށ ބައެް އަޅާފ ދޯ
ޓި ކިހާދޫ އަލީތަ ހެޔޮނުވާނެ ތީނަ ވާހާކަ ދަްކަން. ޙުރި މުދާ ބަލާބަލަ ކޮންތާކުން ޙޮދި
އެއްވެސް ވަކިވަކި ފަރުދުންނަށް ރަތްތައް ދިނުން ތީ ބޮޑު ގޯހެއް. ދިވެހި އެތައް ރަތްޔަތުންގެ ހިއްސާ ނުވަތަ ހައްގު ވަކި އާއިލާ އެއް މުޅި އުމުރައް ދަރިންގެ ދަރިންނާ ހަމައިން ވެސް އޭގަ ތައްޕޮޅި ބައްދައިގެން މީދެން ކިހާ ބޮޑު ވެއްޖެ ކަމެއްދޯ. ދައުލަތުން ރިސޯޓް ތައް ނުހިންގެންޔާ ކޮންމެ ވިހި އަހަރަކުން ކޮންމެވެސް އެހެން އާއިލާ އަކައް ރިސޯޓްން ލިބޭ މަންފާ ހިއްސާ ކުރާނަމަ އަދާޖެހުނު އިރު ދިވެހި ކޮންމެ އާއިލާ އަކީ ފުދިގެން ތަނަވަސް ކަމާއި އެކު އުޅޭނެ އާއިލާއެއް. އެހެންތާ ވާނީ ކޮންމެ ސަރުކާރެއް ވެސް އަންނަނީ ރަތްޔަތުން ގުބޯހައްދާ ދައުލަތުގެ ހަޒާނާގެ ދަހިވެތިކަމުގަ ވީއްޔާ އެއްވެސް އިހުލސްތެރިކަމެއް ނެތޭ މިތާކު.