ޚަބަރު

މަޑުއްވަރީ މުޖްތަމައު ތެރެއިން ބަލި ފެނި، ރަަށަށް އަރައި ފޭބުން މަނާ ކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރ. މަޑުއްވަރީން ފައްސިވި މީހަކާ ގާތުން އެއްތާވި ފަސް މީހަކު ކޮވިޑް-19އަށް ފައްސިވެ، އެ ރަށަށް އަރައި ފޭބުން މަނާ ކޮށްފިއެވެ.

Ads by STELCO

މަޑުއްވަރީ ހެލްތު ސެންޓަރުން ވިދާޅުވީ އޮގަސްޓު 30ވަނަ ދުވަހު އެ ރަށުން ފައްސިވި 2 މީހުންނާ ގާތުން އެއްތާވި 5 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެެ. މި 5 މީހުންނާ އެކު އެ ރަށުގެ ހަރަކާތްތެރި ވޭދަނައިގެ އަދަދަކީ 07 މީހުންނެވެ.

މި ވޭދަނަތަކާ ގުޅިގެން މަޑުއްވަރިއަށް އަރައި ފޭބުން މަނާކޮށް، އެ ރަށް މޮނީޓަރިންއަށް ލައިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިއުލާނު ކޮށްފައި ވަނީ މިއަދުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!