މިއަދު ވެސް ރިކޯޑެއް، 179 މީހުން ކޮވިޑަށް ފައްސިވެއްޖެ!

ރާއްޖެއިން މިއަދު އިތު ރު 179 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 40 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 120 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު 17 މީހުން ފައްސި ވެފައިވެއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 81،653 މީހުންނެވެ.
ބަލިން ފަސޭހަވެފައި ވަނީ 79،448 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 25 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 226 މީހުން ނިޔާވެފައި ވެއެވެ.