Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފެންފުށީ ކައުންސިލްގައި މަސައްކަތް ކުރާ އެރަށު ޒުވާނުންގެ ދިރުމުގެ މެމްބަރުންނަށް ފިޔަވަޅު އަޅައިދޭން އެދިއްޖެ!

ފެންފުށީ ކައުންސިލްގައި މަސައްކަތް ކުރާ އެރަށު ޒުވާނުންގެ ދިރުމުގެ މެމްބަރުންނަށް ފިޔަވަޅު އަޅައިދޭން އެދިއްޖެ!

ފެންފުށީ ކައުންސިލްގައި މަސައްކަތް ކުރާ އެ ރަށު ޒުވާނުންގެ ދިރުމުގެ ހަތަރު މެމްބަރަކަށް ފިޔަވަޅު އަޅައިދޭން އެ ރަށު ކައުންސިލުން ލޯކަލް ގަވަމެންޓް އޮތޯރިޓީ(އެލްޖީއޭ)ގައި އެދިއްޖެއެވެ.

އެކަމަށް އެދި ކައުންސިލުން އެލްޖީއޭއަށް ފޮނުވި ސިޓީގެ ކޮޕީއެއް "ދެން"އަށް ވަނީ ލިބިފައެވެ.

އެ ސިޓީގައި އެދިފައިވާ ގޮތުގައި ފިޔަވަޅު އަޅައިދޭން އެދިފައި ވަނީ ފެންފުށީ ދިރުމުގެ ރައީސް އަދި ކައުންސިލްގެ ޕްރޮޖެކްޓް އޮފިސަރ އަޙުމަދު ޢަބްދުލް މުހުސިނަށާއި އެ ޖަމްޢިއްޔާގެ ނައިބު ރައީސް ، ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ ޔޫސުފް އިބްރާހީމަށާއި އެ ޖަމްޢިއްޔާގެ ނައިބު ރައީސް ، ކައުންސިލްގެ އަޙުމަދު މުޙައްމަދުގެ އިތުރުން އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ އަދުނާން އަޙުމަދަށެވެ.

Advertisement
Allied Insurance — Square (box)

އެ މުވައްޒަފުންނަށް ފިޔަވަޅު އަޅައިދޭން އެދިފައި ވަނީ ކައުންސިލްގެ މަސައްކަތަށް ވުރެ ޖަމްޢިއްޔާގެ މަސައްކަތްތަކަށް އިސްކަން ދިނުމާއި ކައުންސިލްގެ ޕްރިންޓަރުތަކުން ޖަމްއިއްޔާގެ ލިޔެކިޔުން ޕްރިންޓްކުރާ ކަމަށް ބުނެއެވެ.

[caption id="attachment_112729" align="alignnone" width="201"]<img class="wp-image-112729 size-medium" src="https://cdn.dhen.mv/wp-content/uploads/2021/09/596A8EA1-9A11-4C7B-B65D-E996CE962248-201x300.jpeg" alt="" width="201" height="300" /> ފެންފުށީ ކައުންސިލްގެ ސިޓީ[/caption]

އެލްޖީއޭއަށް ހުށަހަޅައިފައި ވަނީ ސިވިލް ސަރވަންޓުންނާ ގުޅޭ މައްސަލައަކަށް ވުމާ އެކު އެ އިދާރާއިން ވަނީ މި މައްސަލަ ެިސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުމަށް އަންގައިފައެވެ.

ދެންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފެންފުށީ ކައުންސިލްގެ ރައީސް މި މައްސަލަ އެލްޖީއޭއަށް ހުށަހަޅައިފައި ވަނީ ކައުންސިލްގެ އެހެން މެމްބަރުންގެ ބަހެއް ނެތިއެވެ.

މި މައްސަލައާ ގުޅިގެން ފެންފުށީ ޒުވާނުންގެ ދިރުމުގެ މެމްބަރަކު "ދެން"އަށް މައުލޫމާތު ދެމުން ބުނީ އެ ޖަމްޢިއްޔާއަކީ ޕްރިންޓްކުރުން ފަދަ ހުރިހާ ވަޞީލަތްތަކެއް ހުރި ޖަމްޢިއްޔާއެއް ކަމަށާއި ރަށު ކައުންސިލްގެ ތުހުމަތުތަކަކީ ދޮގެއް ކަމަށެވެ. އަދި ކްލަބު،ޖަމްޢިއްޔާތަކުގެ ބާރު ކަނޑުވައިލާން ކައުންސިލުން މަސައްކަތް ކުރާ ކަމުގެ ތުހުމަތު ވެސް އޭނާ ކުރެއްވިއެވެ. އެގޮތުން ރަށުގެ ފުޓްސަލް ދަނޑު ކުއްޔަށް ދޫކުރާ އަގު ވެސް ކްލަބު،ޖަމްޢިއްޔާތަކަށް ބޮޑުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

"ކައުންސިލްގެ މެންޑޭޓްގައި އޮތްކަމެއް ކްލަބު،ޖަމްޢިއްޔާތައް ބާރުވެރި ކުރުވުމަކީ ، އެކަމަކު މި ފެންނަނީ މިއާ ޚިލާފަށް ، ޖަމްޢިއްޔާތަކާ ޒާތީވެގެން އުޅޭތަން ، މިއީ ދެރަ ކަމެއް" އޭނާ ބުންޏެވެ.

ފެންފުށީ ކައުންސިލްގައި ތިއްބަވަނީ ޖުމްހޫރީ ޕާޓީގެ ހަތަރު މެމްބަރަކާއި އެ ފިކުރުގައި މަސައްކަތް ކުރައްވާ މިނިވަން މެމްބަރެކެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް