Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

ވ. ތިނަދޫ ކޮވިޑްގެ ހާލަތު: މިހާރު ބަލިޖެހެމުންދަނީ “އެއްތާވި މީހުންނަށް”

ވ. ތިނަދޫ ކޮވިޑްގެ ހާލަތު: މިހާރު ބަލިޖެހެމުންދަނީ “އެއްތާވި މީހުންނަށް”

ކޮވިޑް-19 ގެ ވޭދަނައެއް ފެނި މިދިޔަ އޯގަސްޓުމަހުގެ 28 ވަނަ ދުވަހު މޮނިޓަރިންއަށް ލައިފައިވާ ވ. ތިނަދޫގައި މިހާރު ބަލި ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި މިހާރު ބައްޔައް ފައްސިވަމުންދަނީ ބަލި ޖެހުނު މީހުންނާ އެއްތާވި މީހުން ކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

"ދެން"އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގް ހުސައިން ވިދާޅުވީ އެރަށުން އެންމެ ފުރަތަމަ ބައްޔަށް ފައްސިވީ ރަށުން ފުރަން ވެގެން ޓެސްޓު ހެދި ފަތުރުވެރިއެއް ކަމަށާއި އޭނާ ފައްސިވުމުން ރަށުތެރޭގައި ރޯގާގެ އަލާމާތްތައް ހުރި މީހުންގެ ސުންކުތައް ނެގީކަމަށެވެ.

"އެންމެ ފުރަތަމަ ނެގި 20 ސުންކުން 11 ސުންކު ފައްސި. ދެވަނައަށް ނެގި 45 ސުންކުން 20 ސުންކު ފައްސިވި. މިހާރު މި ބައްޔަށް ފައްސިވަ ނީ ކުރިން ބަލި ޖެހުނު މީހުންގެ ކޮންޓެކްޓުން. އެހެންވީމަ އަޅުގަނޑުމެން މި ގަބޫލު ކުރަނީ ބަލި ކޮންޓްރޯލް ކުރެވިފައިވާކަމަށް" ޝިފާގް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ޝިފާގް ވިދާޅުވީ ރަށުގެ އާއްމު ހާލަތު މިވަގުތު ރަނގަޅުކަމަށާއި ރަށުގައި ހުރި 2 ފިހާރައާއި 1 ކެފޭއިން ވެސް މިވަގުތު ދެމުން ދަނީ ހަމައެކަނި ޑެލިވަރީގެ ހިދުމަތްކަމަށެވެ.

މީގެ އިތުރުން ރަށުގެ ވެކްސިން ޖެހޭ އާބާދީގެ 96 އިންސައްތަ ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށާއި ބަލި ޖެހުނުމީހުންގެ ތެރޭގައި ވެސް ހާލު ބޮޑު މީހެއް ނެތް ކަމަށެވެ.

ވ. ތިނަދޫގައި މިވަގުތު ކޮވިޑް-19 ޖެހިފައިވާ 33 މީހުން ތިބި ކަމަށާއި އުއްމީދު ކުރަނީ 14 ދުވަސްފަހުން މޮނިޓަރިންގެ ހާލަތުން ރަށް ނެގޭވަރުވުން ކަމަށް ވެސް ޝިފާގް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް