ދީލަތި މާޖިދުގެ ފަރާތުން ނޮޅިވަރަމްގެ ރައްޔިތުންނަަށް އެހީތެރިކަމުގެ އަތެއް!

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ދަތި ހާލުގައި ޖެހިފައިވާ ހދ. ނޮޅިވަރަމްގައި ކަރަންޓީނު ކޮށްފައި ތިބި ގެތަކަށް އެ ރަށުގެ އާންމު ރައްޔިތަކު ދީލަތި އެހީތެރިކަމެއް ވެދީފިއެވެ.
"ދެން"އަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަމް ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރ މުޙައްމަދު މުޞްޠަފާ (މުމުހު) ވިދާޅުވީ، އެ ރަށަށް ވެސް ފެތުރިފައިވާ ކޮވިޑް ބަލީގައި މިވަގުތު ކަރަންޓީނު ކުރެވިފައިވާ ގެތަކަށް އެހީތެރިކަމެއް ފޯރު ކޮށްދީފައިވަނީ އެ ރަށަށް އުފަން އަބްދުލް މާޖިދު / ސަވާރީ (މާޖި ކުޑޭ) ކަމަށެވެ.
"މާޖި ކުޑޭ ވަނީ އޭނަގެ އަމިއްލަ ޚަރަަދުގައި، ކަރަންޓީނުގައި ހުރި ގޭގެއަށް ކާ އެއްޗެހި ޕެކް ހަދިޔާ ކޮށްފައި. އޭގައި ހިމެނެނީ ނޫޑްލްސްއާއި މަސްދަޅު" މުމުހު ވިދާޅުވިއެވެ.
މި ފުރުސަތުގައި ނޮޅިވަރަމް ކައުންސިލުން ވަނީ މާޖިދަށާއި މާޖިދުގެ އާއިލާގެ އެންމެހާ ފަރާތްތަކަށް ހިތުގެ އިޚްލާސްތެރިކަމާއެކީ ޝުކުރު އަދާކޮށް، ހެޔޮ ރަޙުމަތްލެއްވުން އެދި ދުޢާ ކޮށްފައެވެ.

އޭގެ އިތުރުން މި ހައްސާސް ދަނޑިވަޅުގައި ނޮޅިވަރަމް ޕޮލިސް ސްޓޭޝަންގެ އެންމެހައި މުވައްޒަފުންނަށާއި ކައުންސިލުން އެދިލައްވާ ކޮންމެ އެދިލެއްވުމަކަށް ފަސްޖެހުމެއް ނެތި ހިލޭސާބަހަށް މަސައްކަތްކޮށްދެއްވާ އެންމެހާ ފަރާތްތަކަށް ވެސް ކައުންސިލުން ވަނީ ޝުކުރު އަދާ ކޮށްފައެވެ.
ކޮވިޑްގެ ހާލަތާ ގުޅިގެން ނޮޅިވަރަމް މިވަގުތު ވަނީ ވަރަށް ހާލުގައި ޖެހިފައެވެ. އެގޮތުން އެ ރަށު ސިއްޙީ މަރުކަޒުގައި ސިއްޙީ ހިދުމަތްދޭނެ ހިދުމަތްތެރިން ވެސް މިހާރު މަދުވެފައިވާކަން މުމުހު ފާހަގަ ކުރައްވައިފައިވެއެވެ.
ޣިސްވެރިން ކައިރީގަ ތިބެ ބަގީގަ އިން ކުއްޖާގެ މާސްކު ފާހަގަ ކޮއްލަން.މިހަަލަތުގާ ރަނގަޅު ކޮއްލާ. ފަރުދީ ޒިންމާ އދާ ކުރައްވާ
ނޮޅިވަރަމް ރައްޔިތުންނަށް އަވަސް ށިފާއަކަށް އެދެން