ރައްޔިތުންގެ މަޖިލިސް

ހިތްވަރެއް ހުރިނަމަ ރިޓަޔަރ ކުރުން ބާތިލް ކުރައްވާ، ވަޒީފާއަށް ނިކުތުމުގެ ހިތްވަރު އެބަހުރި: ފައިރޫޝް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކުރީގެ އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރު އަބްދުﷲ ފައިރޫޝް ޝަރަފުވެރިކަމާ އެކީ ރިޓަޔަރ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ކަމުގައި ނުވާ ނަމަ ރިޓަޔަރ ކުރުން ބާތިލް ކުރެއްވުމަށް އޭނާ ގޮވައިލައްވައިފިއެވެ.

ފައިރޫޝް މިހެން ވިދާޅުވެފައި ވަނީ، އޭނާ ޝަރަފްވެރިކަމާ އެކު ރިޓަޔާ ކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ތައްޔާރުކުރި ރިޕޯޓްގައި ބުނުމުން އެމަކަށް އިޝާރާތް ކުރައްވަމުންނެވެ.

މިގޮތުން ފައިރޫޝް ވިދާޅުވީ، ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރުމާ މެދު ސުވާލު އުފައްދައި ދައްކަމުންދާ ވާހަކަތަކުގައި އެއްވެސް އޮއްޓަރެއް ހުރި ނަމަ ރިޓަޔަރ ކުރުން ބާތިލް ކޮށްދޭން އެދޭ ކަމަށެވެ. އަދި އަލުން ވަޒީފާއަށް ނުކުތުމުގެ ހިތްވަރު އެބަހުރި ކަމަށް ފައިރޫޝް ވިދާޅުވިއެވެ. އަދި ހުރިހާ ބާރެއް މުށުތެރޭގައި ބާއްވައިގެން ހޮޅި ވާހަކަ ނުދެއްކެވުމަށް ފައިރޫޝް ގޮވައިލެއްވިއެވެ.

ފައިރޫޝްއަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ބަދަލުވި ދުވަހު ފުލުހުންގެ ކަންކަމުގައި އިސްކޮށް އުޅުއްވި އޮފިސަރެކެވެ. އަދި އެ ދުވަހު ސަރުކާރާ ދެކޮޅަށް ނުކުތް ފުލުހުންނާއި ސިފައިންގެ އިތުރުން އާންމުންނާ ބައްދަލުކޮށް، ވާހަކަ ވެސް ދެއްކެވިއެވެ. އެމްޑީޕީން ޤަބޫލު ކުރާ ގޮތުގައި އޭނާއަކީ ބާޣީއެކެވެ.

ސަރުކާރާ ބެހޭ ގޮތުން ނުބައި ތަސައްވަރެއް އުފެދޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ 2017 ވަނަ އަހަރު ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަކިކުރިއެވެ. އޭރު ފައިރޫޝް ހުންނެވީ ޕީއެޗްޑީއަށް ކިޔަވައި ވިދާޅުވާން އޮސްޓްރޭލިއާގައެވެ. އަލުން ވަޒީފާ ދިނުމަށް ދައުލަތުން އެއްބަސްވުމުން އެގޮތަށް އަމަލުކުރަން ސިވިލް ކޯޓުން ހުކުމްކޮށް، އަލުން ވަޒީފާ ދިނުމުން ކުރިން ވެސް ހުންނެވި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމަށް ފައިރޫޝް ހަމަޖެއްސީ 2019ގެ ޖެނުއަރީގައެވެ. ފައިރޫޝް ވަޒީފާއިން ރިޓަޔަރވީ މިއަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!