ރައްޔިތުންގެ މަޖިލިސް

އަލިފުށީގައި އެއަރޕޯޓް އަޅާތީ މީކާއީލް ރަތަށް: "މާލޭގެ މެންބަރުން ރައްޔިތުންނަށް ދައްކާނެ މޫނެއް ނެތް"

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
މެމްބަރު މީކާއިލް އަހުމަދު ނަސީމް (ގަލޮޅު ދެކުނު) -- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

މާލޭގެ ރައްޔިތުން ބޯހިޔާވަހިކަމަށް ޖެހިފައި އޮއްވާ، ބަޖެޓްކޮށްފައި ނެތް އެއަރޕޯޓެއް ރ.އަލިފުށީގައި އެޅުމަށް ސަރުކާރުން ނިންމައިފައިވުމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

Ads by STELCO

"ވެށިފަހި މާލެ" ޕްރޮގްރާމް ފަދަ މާލޭގެ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ޕްލޭންކޮށްފައިވާ މަޝްރޫއުތައް ކުރިޔަށް ނުގޮސް ލަސްވާތީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ހުށަހެޅުއްވި މައްސަލައިގައި ވާހަކަފުޅު ދައްކަވަމުން މީކާއިލް ވިދާޅުވީ، ބަޖެޓްގައި ނުވެސް ނެތް ޕްރޮޖެކްޓެއް ފެނުނީ ނޫސްތަކުގެ ހެޑްލައިނުން ކަމަށެވެ. އަދި މާލޭގެ ރައްޔިތުން ކުދިކުދި ގޮޅިތަކުގައި ބޯހިޔާވަހިކަމެއް ނެތި އެތައް އަހަރެއް ތަހައްމަލް ކުރަމުންދާއިރު، އެވަރުގެ ބޮޑު ޕްރޮޖެކްޓެއް އިއުލާން ކުރުމުން އެ ބޭފުޅުން ރައްޔިތުންނަށް ދައްކަވާނެ މޫނެއް ނެތް ކަމަށް ވެސް މީކާއިލް ވިދާޅުވިއެވެ.

"ކުއްލިއަކަށް ނޫހަކުން 451 މިލިޔަން ރުފިޔާގެ އެއަރޕޯޓެއް، އެއަރޕޯޓެއް އޮތް އަތޮޅެއްގެ ރަށެއްގައި އަޅަން ނިންމެވި ޚަބަރު އަޅުގަނޑުމެން މާލޭގެ މެންބަރުންނަށް އިވުމަކީ، އަޅުގަނޑުމެން ރައްޔިތުންނަށް އޭގެ ފަހުން މޫނު ދައްކާލާނެ ގޮތެއް ރައީސް ވިދާޅުވެ، ދެއްވާ" މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ، ޤައުމެއްގެ ސިފައިގައި ނޭޝަނަލް ޕްރައޯރިޓީތަކެއް އޮންނަން އެބަ ޖެހޭ ކަމަށާއި ވަކި މީހަކު ރުއްސަން، ވަކި ބަޔަކު ރުއްސަން ދިވެހިންގެ ޓެކްސް ފަައިސާ ދައްކާ މިސް މެނޭޖްކޮށްގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑު ޖަވާބު ދާރީވާން ޖެހޭ. ގަލޮޅު ދާއިރާގެ ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ރާ އަތޮޅުގައި އިފުރު ކިޔާ އެއަރޕޯޓެއް އޮއްވާ، 15 މިނެޓްއިން ދެވޭ އެއަރޕޯޓެއް އޮއްވާ، 451 މިލިޔަން ރުފިޔާގެ އެއަރޕޯޓެއް އަޅާތީ ކޮން ޖަވާބެއްތޯ ދެވޭނީ" މީކާއިލް ވިދާޅުވިއެވެ.

ރ. އަލިފުށީ ބިން ހިއްކުމާއި އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޕްރޮޖެކްޓަކީ ކުރިއަށް އޮތް އެމްޑީޕީގެ ޤައުމީ މަޖިލިސް އިންތިޚާބަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވިއެވެ.

މީކާއިލްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ އުންމީދަކީ މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އިއްވި އަޑު އިވި، މާލޭގެ ރައްޔިތުންނަށް ވެފައިވާ ބޯހިޔާވަހި ކަމުގެ ވަޢުދު ފުއްދުން ކަމަށެވެ.

"އަޅުގަނޑުގެ އުންމީދަކީ ވެށިފަހި މަޝްރޫއު ފެށި އަޅުގަނޑުމެން މާލޭގެ ރައްޔިތުންނަށް ކޮންމެވެސް މިންވަރެއްގެ ތަސައްލީއެއް ދެވުން. އަދި މާލޭގެ ރައްޔިތުން އެންމެ ފަހުގެ އިންތިޚާބުގައި އެ އިއްވި އަޑު ސަރުކާރަށް އިވުން" މީކާއިލް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ކިލެގެފާނު

    މިފަރު ދެވަނަދައުރުހޮވޭނީ މާލެއާއިނުލާ ދެންއަނެއްކާ މަޖިލީހުގެމެންބަރުންނަށްބުލީނުކުރާތި

  2. ރަތަފައި

    މާލޭގެ ރައްޔިތުން ބޯހިޔާވަހިވެފައިވާލެއް ބޮޑުކަމުން އެމީހުން އުޅެނީ ގެ ނުއަގުގަ ކުއްޔަށް ދީފަ ހުޅުމާލޭގަ އެހެން ގެއެއްގަ، އެހެންނޫނީ ރާއްޖެއިން ބޭރު ކޮންމެވެސް ތަނެއްގަ…

  3. ސޮޑޭ

    ބަލަ އަލިފުށީ މީހުން ޓެކުހެއް ނުދައްކާތީ. ގަލޮޅު މީހުން އެކަނިތޯ

  4. ަާއާދަމް

    ވެރިޔާ ދައުލަތުގެ މާލިއްޔަތަކީ ހަމައެކަނި މާލެއަށް އޮންނަ އެއްޗަކީތޯ

  5. މީކާއީލް

    މާލެ މީހުން އެކަންޔެއް ނޫން ޓެކްސް ދައްކަނީ އެއް.. މާ މާލޭ ވެގެން ތި އުޅެނީ

  6. ރޮހިން

    މީކާއީލް ގެނެސްދީ އަލިފުށްޓަށް ފަނަރަ މިނެޓުންދެވޭ ލޯންޗެއް. ބޮޑުވަރު، އަންނިޔަށްދޭ ފައިސާގެ ވާހަކަ ދައްކަބަލަ ރައްޔިތުންގެ ޓެކްސް ފައިސާއިން. މީކާއިލްގެ ކަރުން ނާރުނަގަނީ އަންނި ރުއްސަން

  7. ތަކުރު

    މިހާރުވެސް ކޮށްދޭ ހުރިހާ ކަމެއް ތިޔަކޮށްދެނީ މާލޭ މީހުނަކަށް ނޫންތަ މީކާއީލޫ! ފުލެޓޭ ގެދޮރޭ ބޯހިޔާވެހިކަމޭ ބުރިޖޭ ތަރައްގީއޭ މުޅިމާލެ ތަރައްގީވެ ނިމުނީމަވެސް ރާއްޖެތެރެއަށް ކަމެއް ކޮށްލަދޭއިރަށް
    މިސޮރަކަށް މިހިރައަރާ ވަތުގަނޑެއްތާދޯ އަޖައިބު

  8. ކިލެގެފާނު

    މަށަފެންމަނީކަލޭ މޫނު ބުރުގާއަޅަން

  9. ގާދާ

    މާލެ މާލެ މީދެން ބަލާއެއްނު

  10. ގާދާ

    މާލެ މާލެ މީދެން ބަލާއެއްނު