ޚަބަރު

ޗައިނާއިން އައި ދެ ދިވެއްސަކު ކަރަންޓީނުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާއިން ރާއްޖެ އައި ދެ ދިވެހިން ކަރަންޓީން ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ އެ ދެމީހުން ތިބީ ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީގައި ކަމަށެވެ. އެމީހުން އެތަނުގައި 14 ދުވަސް ވަންދެން ބައިތިއްބާނެ ކަމަށް އަލީ ވިދާޅުވިއެވެ.

ދެ ދިވެހިން ކަރަންޓީން ކުރީ ބަލީގެ އެއްވެސް އަލާމާތެއް ފެނިގެން ނޫންކަމަށާއި ހަމައެކަނި ސަބަބަކީ ޗައިނާއަށް ދަތުރުކޮށްފައިވުން ކަމަށް ވިދާޅުވި އެވެ. އަދި އެ ދެ މީހުން އެ ބައްޔަށް ޓެސްޓު ވެސް ނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ޗައިނާއިން އައުޑްބައުންޑް ވެފައިވާ ހިސްޓްރީއެއް އޮތީމަ އަޅުގަނޑުމެން ފަރުކޮޅުފުށީގައި ދެ ދިވެހިން ބަލަހައްޓަމުން އެބަ ގެންދަން. އެއީ އެއްވެސް ހާލެއްްގައި، ބަލީގެ އަލާމާތެއް އެކަހަލަ ކަމެއް އޮވެގެނެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ޢަލީ ވަޙީދު ވަނީ އެއާލައިންތަކުގެ ޕޮލިސީތަކަށް ގެނައި ބަދަލުތަކާގުޅިގެން މިވަގުތު ރާއްޖޭގައި ނުފުރިތިބި 11 ފަތުރުވެރިން މިރޭގެ ވަގުތެއްގައި ފުރުވާލެވޭނެކަމުގައި ވިދާޅުވެފައެވެ. އަދި މި ފަތުރުވެރިންގެ ހުރިހާކަމެއް ބަލަހައްޓަމުން ގެންދަނީ ސަރުކާރުން ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން އިންޑިއާގައި ކަރަންޓީނުކޮށްފައިވާ ދިވެހިންގެ ހާލަތުވެސް ސަރުކާރުން ބަލަމުން ގެންދާ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ ވަނީ މިހާލަތުގައި ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަ ލޮޅުންތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކާ އަދި ކުރިއަށް ކުރުމަށް ރާވާފައިވާ ބައެއްކަންކަން ނޫސްވެރިންނާ ޙިއްޞާކުރައްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!