ބޮލީވުޑް

މުސްލިމެއް ކަމަށް ބުނާ ސައިފް، ހިންދޫ ދީނުގެ "ކަލާނގެ" އަކަށް އަޅުކަން ކުރުމުން އާންމުންގެ ފާޑު ކިޔުން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު އެކްޓަރުންގެ ތެރޭގައި ސައިފް ޢަލީ ޚާންއަކީ މީހުންގެ ފާޑު ކިޔުން އިންތިހާއަށް އަމާޒުވާ ތަރިއެކެވެ.

Ads by STELCO

1991 ވަނަ އަހަރު ސައިފް ވަނީ އޭނާއަށް ވުރެ އުމުރުން 12 އަހަރު ދޮށީ އެކްޓަރެއް ކަމުގައިވާ އަމްރިތާ ސިންގްއާ ކައިވެނި ކޮށްފައެވެ. އެ ކައިވެންޏަށް ދެ ދަރިން ލިބި، 13 އަހަރު ފަހުން އެ ކައިވެނި ރޫޅުމުން ވެސް ސައިފްއަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވިއެވެ.

އެއަށް ފަހު ސައިފް ޚަބަރުތަކުގެ ފަލަ ސުރުޙީއަށް އެރީ 2012ވަނަ އަހަރު، މަޝްހޫރު އެކްޓްރެސް ކަރީނާ ކަޕޫރް ޚާންއާ ކައިވެނި ކުރުމުންނެވެ. ސައިފްއަށް ވުރެ ކަރީނާ 10 އަހަރު ހަގު ކަމުން، އެ ދެމަފިރިންނާ ވެސް އެތައް ބަޔަކު ދިމާކުރިއެވެ. ނަމަވެސް ގިނަ ދުވަސްވީ ވަރަކަށް އެ ކައިވެނި ބަލައިގަތް މީހުން ވެސް އިތުރު ވާން ފެށިއެވެ.

ނަމަވެސް މިއަދު ސައިފްއަށް ފާޑު ކިޔުން އަމާޒު ވެފައި މިވަނީ މި ހުރިހާ ކަމަކަށް ވުރެ ވެސް ބޮޑު ކަމެއް އޭނާ ކުރުމުންނެވެ. މުސްލިމު އާއިލާއަކަށް ނިސްބަތްވާ، މުސްލިމު ނަމެއް ކިޔާ ސައިފް މިއަދު ވަނީ ހިންދޫ ދީނުގެ "ކަލާނގެއެއް" ކަމަށް އެމީހުން ބުނާ އެއްޗަކަށް އަޅުކަންކޮށް ޝިރުކުކޮށްފައެވެ.

ހިންދޫން "ކަލާނގެއެއް" ކަމަށް ދެކޭ އެއްޗަކަށް ސައިފް އަޅުކަން ކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް މީސްމީޑިއާގައި އާންމު ކުރީ ވެސް އޭނާގެ އަނބިމީހާ ކަރީނާއެވެ. އެ ފޮޓޯތަައް އާންމުވުމާ އެކު ގިނަ މީހުން ވަނީ ސައިފްއާ ދިމާލަށް ވަރަށް ބޮޑަށް ނުރުހުމުގެ ބަސްތައް ބުނެ، އޭނާއަކީ ހަމައެކަނި ނަމެއްގައި މުސްލިމެއް ކަމުގައި ވެސް ބުނެފައެވެ.

Ads by Ooredoo
  1. ސަންފަ

    ސައިފް އެކަންޏެއްނޫން ތިޔައުޅޭ ހުރިހާ ޚާނަކީވެސް ހަމައެކަނި ނަން މުސްލިމް މީހުން
    ގޭގަ ބުދު ބަހައްޓައިގެން ކުރާ އަޅުކަމުގައި ބައިވެރިވޭ ސަލްމާނު ، ޝާހް ވެސް ފިލްމް ރިލީޒްވާން އުޅޭއިރު ފައްޅިއަށްްވެސް ދޭ.ﷲ ފިޔަވައި އަޅުކަން ކުރެވޭ އެހެން ފަރާތެއްވާ ކަން ގަބޫލުކުރާނަމަ މުސްލިމަކަށް ނުފުދޭނެ
    ކިރިޔާވެސް ލާހިކީ އާމިރު .