ސިޔާސީ

ރައީސް ޔާމީނަކީ ދިވެހި ރައްޔިތުންގެ ދެވަނަ ބޮޑުތަކުރުފާނު: ސަލީމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއަކީ ދިވެހި ރައްޔިތުންގެ ދެވަނަ ބޮޑު ތަކުރުފާނު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މެންބަރު ސަލީމް ވިދާޅުވީ، "އިންސާފު ހޯދަން" ނަމުގައި އިއްޔެ އިދުކޮޅު ޕްރިގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި ބޭއްވި އިހުތިޖާޖުގައި ބައިވެރިންނަށް ފެނިލުމަށް ކުޑަދޮރުން ބޭރަށް ޤައުމީ ދިދަ ވިހުރައިލައި، އެމަނިކުފާނު ދެއްވި ހިތްވަރުން ސާބިތުވެގެން ދިޔައީ ދިވެހި ޤައުމާއި، ރައްޔިތުން ދެކެ އެމަނިކުފާނު ވާ ލޯބިކަމަށެވެ. އަދި އޭނާ ވިދާޅުވީ، ރައީސް ޔާމީން ހުންނެވީ ޤައުމާ ރައްޔިތުންގެ ހައްގުގައި ޤުރުބާންވާން ތައްޔާރަށްކަމަށް އެ މަނިކުފާނުގެ ފަރާތްޕުޅުން ފެނިގެން ގޮސްފައިވާކަމަށެވެ.

"ރައީސް ޔާމީން އެ ދެއްކެވީ މި ދިވެހި ޤައުމާއި ރައްޔިތުންގެ ހައްޤުގައި ޤުރުބާންވާން ތައްޔާރަށް ހުންނެވި ކަމުގެ ރީތި މިސާލެއް. ރައީސް ޔާމީންއަކީ ދިވެހި ރައްޔިތުންގެ ދެވަނަ ބޮޑުތަކުރުފާނު" މެންބަރު ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ ރައީސް ޔާމިނަށް ދޭ ކޮންމެ އަނިޔާއަކީ ދިވެހި ރައްޔިތުންނަށް ދޭ އަނިޔާއެއް ކަމަށާއި ދިވެހި ރައްޔިތުން ރައީސް ޔާމީނަށް އަނިޔާދޭއިރު، އެކަން ބަލަން ދުރުގައި ނުތިއްބަވާނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުން އެކަން ހުއްޓުވާނެކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!