Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޓެރަރިސްޓު ހަމަލާތަކެއް ދީފާނެ ކަމަށް ބުނެ، ޔޫކޭގެ ރައްޔިތުން ރާއްޖެ އައުމުގައި ސަމާލުވާން އެދިއްޖެ

ދިވެހިރާއްޖޭގައި ޓެރެރިސްޓު ހަމަލާތަކެއް ދީފާނެ ކަމަށް ބުނެ އިނގިރޭސިވިލާތުގެ ރައްޔިތުން ރާއްޖެ އައުމުގައި ސަމާލުވާން އެދިއްޖެއެވެ.

އިނގިރޭސިވިލާތުން މި އިންޒާރު ދީފައި ވަނީ އަންގާރަ ދުވަހުގެ ރޭ ޗައިނާ ދެމީހަކަށާއި އޮސްޓްރޭލިއާ މީހަކަށް ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާ ދިނުމާއި ގުޅިގެން ނެރުނު ޓްރެވަލް އެޑްވައިޒަރީއެއްގައެވެ.

އިނގިރޭސި ވިލާތުން އަބަދުވެސް ނެރޭ ޓްރެވެލް އެޑްވައިޒަރީގެ އަޕްޑޭޓްގައިވާ ގޮތުން، ޓެރަރިސްޓުން ރާއްޖޭގައި އެފަދަ ހަމަލާތައް ދިނުން އަދި ވެސް ވަރަށް ގާތެވެ.

Advertisement
HDC — Sidebar (box)

2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބަށް ފަހު ރާއްޖޭގެ ސިޔާސީ މަސްރަހު ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައި އޮތް ނަމަވެސް މާލޭގައި މުޒާހަރައެއް ކުރިއަށްދާނަމަ އެފަދަ ސަރަހައްދުތަކަށް ނުދިއުމަށް ޓްރެވަލް އެޑްވައިޒަރީގައި އެދިފައި ވެއެވެ.

އަދި މަގުމަތީގައި ހިނގާ ފޭރުމާއި ވައްކަން ކުރުން ފަދަ ކުށްތަކަށް ސަމާލުވުމަށް ވެސް އެޑްވައިޒަރީގައި އެދިފައި ވެއެވެ.

ފުލުހުން ބުނީ އަންގާރަ ދުވަހުގެރޭ 7:50 ހާއިރު ދިން ހަމަލާގައި ހަރުކަށި ފިކުރުގެ މީހުން ބައިވެރިވެ އަދި އެކަމުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް ހަ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް