ޚަބަރު ޝަރުޢީ ދާއިރާ

އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގައި ފަނޑިޔާރުން އެހެން އެންމެންނަށް ނަމޫނާ ދައްކަވަން ޖެހޭނެ: އުއްތަމަ ފަނޑިޔާރު

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ މިހާރު

އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގައި ފަނޑިޔާރުން އެހެން އެންމެންނަށް ނަމޫނާ ދައްކަވަން ޖެހޭނެ ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު ވިދާޅުވެއްޖެވެ.

Ads by Sosun Fihaara

ފަނޑިޔާރުންނާއި މެޖިސްޓްރޭޓުން ހުވާ ކުރުމަށް އިއްޔެ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އަދުލު އިންސާފު ގާއިމު ކުރުމުގެ ޒިންމާއަކީ އުޑުގެ ބަރުމިނަށް ވުރެ ލުއިވާނެ އެއްޗެއް ކަމުގައި ނުދަންނަވާނެކަމަށާއި ފަނޑިޔާރުންނަކީ ދީނަށް ހުރުމަތްތެރިކޮށް ހިތުމުގައި ވެސް އެންމެނަށް ނަމޫނާ ބަޔަކަށް ވާން ޖެހޭނެ ބަޔެއްކަމަށެވެ.

"މީގެން މުހިންމުކަން ދޭންވީ ހުސްއެކަނި ކޯޓުގައެއް ނޫން. ކޯޓުން ބޭރުގައި ވެސް އުޅުމުގައި އިސްލާމްދީނުގެ ރިވެތި އަދަބުތަކުގައި ހިފައި އޭގެ މަތީ ދިރިއުޅުން ބައްޓަންކުރުމަށް" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ހަމައެހެންމެ އެ މަނިކުފާނު ވިދާޅުވީ ރާއްްޖޭގެ ގާނޫނު އަސާސީ ދެމެހެއްޓުމަށް ފަނޑިޔާރުން އިސްކަން ދޭން ޖެހޭނެކަމަށާއި ހަމަހަމަކަމާ އެކު ދެ ހަސްމުންގެ މެދުގައި ތަފާތުނުކޮށް ހަމަހަމަކުރުމަށް އިސްކަން ދިނުމަކީ މުހިންމު ކަމެއްކަމަށެވެ. ކޯޓުތަކުގެ ހުކުމްތަކުގައި ވެސް ހަމަހަމަ ކަމާއި އެއްގޮތްކަން ގެނެސްދިނުމަށް ވެސް އުއްތަމަ ފަނޑިޔާރު ވަނީ އެދިވަޑައިގަންނަވައިފައެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ހުކުމް ކުރާއިރު ގިނަބަޔަކާ މަޝްވަރާކޮށްގެން ހުކުމް ލިޔުމަށާއި އެހުކުމް ރައްދުވާ ފަރާތައް ސާފުކޮށް އެނގޭނެހެން ހުކުމް ކުރުމަށް އިއްޔެ ހުވާ ކުރެއްވި ފަނޑިޔާރުންނާއި މެޖިސްޓްރޭޓުންނަށް ނަސޭހަތްތެރިވެވަޑައިގަންނަވާކަމަށެވެ.

  1. ވިސްނާ

    ސްޕްރީމް ކޯޓްގައި ތިއްބަވާ އަންހެން ފަޑިޔާރުން ޤުރްއާނާއި، ސުންނަތުގާ ވާގޮތަށް ހެދުން އެޅުމަށް އަމުރުކުރެއްވިއްޔާ މާތާހިރުވާނެ