މުނިފޫހިފިލުވުން

ބެއަރ ގްރިލްސްއާ އެކު ރިއަލިޓީ ޝޯ ޝޫޓް ކުރަން އަޖޭ ރާއްޖެއަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަން ރިއަލިޓީ ޝޯއެއްގެ ޝޫޓިންއަށް ރާއްޖެ އައުމަށް ހަމަޖެހިއްޖެއެވެ.

Ads by STELCO

އަޖޭ ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ މަޝްހޫރު އެޑްވެންޗަރާ ބެއާ ގްރިލްސްއާ އެކުގައެވެ. ޑިސްކަވަރީ ޗެނަލުން ސިލްސިލާކޮށް ދައްކަމުންދާ "އިންޓު ދަ ވައިލްޑް ވިތް ބެއަރ ގްރިލްސް" ޝޯގެ ޝޫޓިންއަށް އަޖޭ ރާއްޖެ އައުމަށް ހަމަޖެހިފައި ވީ ނަމަވެސް އެޕިސޯޑް ޝޫޓްކުރަނީ ރާއްޖޭގެ ކޮން ހިސާބެއްގެ ކަމެއް އަދި ހިއްސާކޮށްފައެއް ނުވެއެެވެ.

އިންޓު ދަ ވައިލްޑް ވިތް ބެއަރ ގްރިލްސް މި ޝޯގައި މަޝްހޫރު އެކި ފަންނާނުން ބައިވެރިވާއިރު، މީގެ ކުރިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ބައިވެރިވެފައެވެ. އަދި ބޮލީވުޑްގެ ނަން ވިދާ ތަރިން ކަމުގައިވާ ރަޖްނީކާންތާއި އަކްޝޭ ކުމާރު ވެސް މި ޝޯގައި ވަނީ ބައިވެރިވެފައެވެ.

އާންމުންގެ ތެރޭގައި މި ޝޯ މަގުބޫލުވެފައި ވަނީ އާންމުކޮށް މީހުން ބޭނުންކުރާ ވަސީލަތްތައް ބޭނުން ނުކޮށް އެކި ތަންތަނުގައި ސަރވައިވްވާ ތަން ދައްކުވައިދޭތީއެވެ. މި ޝޯގެ އެކި އެޕިސޯޑްތައް ޝޫޓް ކުރަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!