Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ތި ވަރަށް ފިކުރު ނުކުރޭ! ތަލަ ވެދާނެ!

ތި ވަރަށް ފިކުރު ނުކުރޭ! ތަލަ ވެދާނެ!

އިސްތަށި ފޭބުމަކީ ވަރަަށް ގިނަ މީހުން ކަންބޮޑުވެ، އެކަމަށް ހައްލެއް ހޯދަން ބޭނުންވާ ކަމެކެެވެ.

ބައެއް މީހުންނަށް ޤަބޫލު ކުރެވިފައިވާ ގޮތުގައި ބޮލުން އިސްތަށި ފައިބާ ތަލަވުމަކީ، މުސްކުޅިވުމުގެ އަލާމާތެކެވެ. ނަމަވެސް މިއީ ހަގީގަތެއް ނޫނެވެ. ޒުވާނުންނަށް ވެސް ބޮލުން އިސްތަށި ފޭބުމުގެ ކަންބޮޑުވުމާ ކުރިމަތިލާން ޖެހެއެވެ.

ސިއްޙީ މާހިރުން ބުނާ ގޮތުގައި، ބޮލުން އިސްތަށި ފޭބުމާ ފިކުރު ކުރުމާ ވަރަށް ބޮޑަށް ގުޅިފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

ފިކުރު ބޮޑުވެގެން ބޮލުން އިސްތަށި ފޭބުމަށް ދީފައިވާ ސައިންޓިފިކް ނަމަކީ "ޓެލުޖަން އެފްލޫވިއަމް"އެވެ.

ސިއްޙީ މާހިރުން ބުނާ ގޮތުގައި ފިކުރު ބޮޑުވުމުގެ ސަބަބުން ބޮލުން އިސްތަށި ފޭބިޔަސް، އެއީ ވަގުތީ ކަމެކެވެ.
އާންމު ގޮތެއްގައި ބޮލުން އިސްތަށި ފައިބަނީ:
▪︎ ދަރިމައި ވުމަށް ފަހު
▪︎ ބަލިވުމުން
▪︎ ހުން އައުމުން
▪︎ އޮޕަރޭޝަނެއް ކުރުމުން
▪︎ ނަފްސާނީ ގޮތުން އަސަރުކޮށްގެން
▪︎ ކުއްލި ގޮތަކަަށް ބަރުދަން ލުއިވުމުން

ބޮލުން އިސްތަށި ފޭބުމުގެ ހައްލެއްގެ ގޮތުގައި ސިއްޙީ މާހިރުން ލަފާދީފައި ވަނީ ހަށިގަނޑަށް ފައިދާ ހުރި ރަނގަޅު ކާނާ ކެއުމަށެވެ. އެގޮތުން ވީހާ ވެސް ގިނައިން ތަރުކާރީއާއި މޭވާ ކެއުމަށާއި ފިކުރު ކުރުމުން ދުރުވުމަށް އެ ބޭފުޅުން އިރުޝާދު ދެއްވައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް