ޚަބަރު އިޖުތިމާޢީ

ކްލާސްރޫމަށް ވާރޭ ވެހޭ، ކުދިން ސުކޫލަށް ފޮނުވާނީ މައްސަލަ ހައްލުވީމަ: ހިރިލަންދޫ ބެލެނިވެރިން

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ހިރިލަންދޫ ބެލެނިވެރިން މުޒާހަރާގައި/ފޮޓޯ ޝޯޝަލް މީޑިޔާ

ތ. ހިރިލަންދޫ ސުކޫލުގެ ބައު އިމާރާތުގައި ގިނަ އަދަދެއްގެ ކުދިން ކިޔަމުންދާއިރު އެ އިމާރާތް ބައުވުމުގެ ސަބަބުން ވާރޭ ވެހޭ ދުވަސް ދުވަހު ކިޔަވައި ދިނުމަށް ދަތިވާތީ އިއްޔެ ބެލެނިވެރިން ނުކުމެ މުޒާހަރާކޮށް ސުކޫލު ބަންދުކޮށްގެން ކުރިއަށް ގެންދިޔަ މުޒާހަރާ މިއަދު ވެސް ކުރިއަށް އެބަ ގެންދެއެވެ.

Ads by STELCO

ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލް "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ވެސް އެރަށު ސުކޫލަށް ކުދިން ފޮނުވައިފައި ނުވާ ކަމަށާއި ހެނދުނުން ފެށިގެން ބެލެނިވެރިން މުޒާހަރާ ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން ދެން ދަރިވަރުން ސުކޫލަށް ފޮނުވާނީ މައްސަލައަށް ހައްލެއް ލިބުނީމައި ކަމަށް ބެލެނިވެރިން ބުނަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދު ވެސް ކުދިން ސުކޫލަށް ނުގެންގޮސް ބެލެނިވެރިންގެ ގެންދަނީ މުޒާހަރާ ކުރަމުން. ހެނދުނު 6:45 ހާއިރުން ފަށައިގެން. ބެލެނިވެރިންގެ ޑިމާންޑަކީ ބާއިމާރާތުގެ މައްސަލައަށް ހައްލެއް ލިބުން ވީހާ ވެސް އަވަހަކަށް" ޖަލާލް ވިދާޅުވިއެވެ.

ޖަލާލް ވިދާޅުވީ މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން ދާ ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. އަދި މައްސަލައަށް ހައްލެއް ލިބެންދެން މުޒާހަރާ ކުރިއަށް ގެންދާނެކަމަށް ބެލެނިވެރިން ބުނެފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ،

ސުކޫލުގެ ބައު އިމާރާތުގައި ކިޔަވާ ދަރިވަރުންނަށް ވާރޭ ވެހޭ ދުވަސްވަރު ދަތިތައް ކުރިމަތިވެ ގިނަ އަދަދެއްގެ ބެލެނިވެރިން އިއްޔެ ވެސް ވަނީ ސުކޫލުކައިރިއަށް އެއްވެ ބޯޑުތަކާ އެކު މުޒާހަރާކޮށްފައެވެ. އަދި ސުކޫލުގެ ދަރިވަރުން އިންޓަވަލަށް ފަހު ސުލޫލަށް ނުފޮނުވާ ސުކޫލުގައި ވަނީ ތަޅު ވެސް އަޅުވައިފައެވެ.

1990 ވަނަ އަހަރު އިމާރާތްކޮށްފައިވާ ހިރިލަންދޫ ސުކޫލުގެ ބައު އިމާރާތުގައި ޕާޓިޝަން ޖަހައިގެން ހަދައިފައިވާ 4 ކުލާސްރޫމު ހުރެއެވެ. އެ ތަނުގައި އެއްވެސް ކުޑަ ދޮރެއް ވެސް ނުހުންނަކަމަށް "ދެން"އަށް ވަނީ މައުލޫމާތު ލިބިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!